އެޕޯލޯ ހޯލްޑިންގްސް ގެ އޮފީސް ފަޅާލައި 1.7 މިލިޔަން ރުފިޔާއާއި 2،200 ޑޮލަރު ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނެފައިވަނީ މި ވައްކަމުގެ ރިޕޯޓް އެޕޯލޯ ހޯލްޑިންސްގް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅީ މިއަދު ކަމަށެވެ.
އެޕޯލޯ ކުންފުނިން މީޑިއާގައި ބުނެފައިވަނީ ވަގުން ވަދެ އޮފީހުގެ ފަސް ތިޖޫރީއެއް ފަޅާލާފައިވާ ކަމަށެވެ. އަދި ވަގަށް ނަގާފައިވާ ފައިސާގެ ތެރޭގައި ހިމެނެނީ 1.7 މިލިއަން ރުފިޔާ އާއި 2،200 ޑޮލަރު (33،924 ރުފިޔާ) ކަމަށެވެ.
ވަގުން ވަދެފައިވަނީ ރޭ 11:45 އާއި ފަތިހު 4:30 އާ ދޭތެރޭގައި ކަމަށް ސީސީޓީވީ ފުޓޭޖްތަކުން އެނގޭ ކަމަށް އެ ކުންފުނިން ބުންޏެވެ. ވައްކަން ކުރީ، ސީސީޓީވީ ކެމެރާތަކުގައި ޓޭޕް އެޅުމަށް ފަހު ކަމަށް ވެސް އެޕޯލޯ އިން މީޑިއާގައި ބުނެފައިވެ އެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައިނުވާކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް