ކޯވިޑް-19ގެ މި ހާލަތުގައި ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށްދާއިރު ދިވެހިން ގެނެވެން އޮތީ ކަރަންޓީނުގެ 1140 ރޫމަށް ތަކާވަރަށް ކަން ހާމަކޮށްފިއެވެ.
މިރޭގެ ޕްރެސް ކޮންފަރެންސްގައި މަބްރޫކް ވިދާޅުވީ ބޭރުގައި ތިބި ހުރިހާ ދިވެހިން ގެންނަ ވަރަށްވެސް ކަރަންޓީނު ފެސިލިޓީގެ ގޮތުގައި ރިސޯޓް ލިބެން އެބަހުރި ކަމަށެވެ. އެންމެން ގެނެސްގެން ހިނގާނެ ހަރަދު ކުރާނެ ބަޖެޓްވެސް އެބަ ހުރި ކަމަށެވެ.
އެހެން ނަމަވެސް ނެތީ އެވަރަށް ސިއްހީ ހިދުމަތްތެރިންކަން މަބްރޫކް ފާހަގަކުރެއްވިއެވެ.
އެގޮތުން މަބްރޫކް ވިދާޅުވީ ނަރުހުންނާ ޑަކުޓަރުން މަދު ކަމަށެވެ. އަދި ތިބި ނަރުހުންނާއި ޑަކުޓަރުންގެ ތެރެއިން 45 އިންސައްތަ ތިބީ އާންމު ސިއްހީ ހިދުމަތް ދިނުމުގައި ކަމަށާއި އަނެއް 55 އިންސައްތަ ނަރުހުންނާއި ޑަކުޓަރުން ކޯވިޑަށް ހާއްސަ ކޮށްފައިވާއިރު އެ އަދަދަށް ބަލާއިރު މިވަގުތު ހިދުމަތް ދެވެން އޮތީ ނުވަތަ ގެނެވެން އޮތީ 1140 ކަރަންޓީނު ރޫމަށް ތަކާވަރަށް ކަމުގައި މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ ބޭރުގައި ތިބި ކިޔަވާ ދިވެހި ކުދިން ގެނައުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި އެހެން ގައުމަކުން ކޯވިޑް-19 ގެ ކޭސްތައް މަދުވެ ހަމައަކަށް އެޅޭނަމަ އެ ގައުމުތަކުންވެސް ގެނައުމުގެ މަސައްކަތް ކުރާނެ ކަމުގައި މަބްރޫކް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް