ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެންނާތީ ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓުގެ ބިދޭސީ މުވައްޒަފަކަށް ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނައިރު އެ މުވައްޒަފުގެ ދެވަނަ ނަތީޖާވެސް ނެގަޓިވްކަން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ނޫސްވެރިންގެ މި ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ދެވަނަ ނަތީޖާ ނެގަޓިވް ވެފައިވާއިރު އެ ރިސޯޓްގެ މޮނީޓަރިންގެ ހާލަތާއިމެދު މާދަމާ ގޮތެއް ނިންމާނެ ކަމަށެވެ.
މި ކޭސް އާއި ގުޅިގެން އެމީހާ އާއި ގުޅުން ހުރި މީހުން އެ ރިސޯޓުން ވަނީ އައިސޮލޭޓްކޮށްފައި އެވެ. ޖުމްލަ އައިސޮލޭޝަންގައި ތިބެން އެންގި މީހުންގެ އަދަދު ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް