ކޯވިޑް-19: ރާއްޖޭގައި ތިބި ބަންގްލަދޭޝް ރައްޔިތުންނަށް އެ ގައުމުން ރިލީފް ޕެކޭޖްތަކެއް ފޮނުވަނީ

ރާއްޖޭގައި ތިބި ބަންގްލަދޭޝަށް ނިސްބަތްވާ ފަރާތްތަކަށް އެ ގައުމުން ރިލީފް ޕެކޭކްތަކެއް ފޮނުވަން ނިންމައިފިއެވެ. އެގޮތުން ރިޕޯޓްކޮށްފައިވާގޮތުގައި މި ނިންމުން ނިންމާފައިވަނީ އެ ގައުމުގެ ޑިޒާސްޓަރ މެނޭޖ...

13 Apr 2020 | 13:43

ރާއްޖޭގައި ތިބި ބަންގްލަދޭޝަށް ނިސްބަތްވާ ފަރާތްތަކަށް އެ ގައުމުން ރިލީފް ޕެކޭކްތަކެއް ފޮނުވަން ނިންމައިފިއެވެ.

އެގޮތުން ރިޕޯޓްކޮށްފައިވާގޮތުގައި މި ނިންމުން ނިންމާފައިވަނީ އެ ގައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް މިނިސްޓްރީންނެވެ.

އެގޮތުން 40 ޓަނުގެ ހަނޑުލާއި، 10 ޓަނުގެ އަލުވި، ކައްޓަލަ  އަދި މުގާއި، ފަސް ޓަނުގެ ފިޔާ، ބިސް، އަދި ތަރުކާރީ ފޮނުވަން ނިންމާފައިވާކަމަށް ބުނެފައިވެއެވެ. އަދި މި ތަކެތީގެ އަގު ފަސް މިލިޔަން ޓާކާއަށް އަރާނެ ކަމުގައިވެސް ބުނެފައިވެއެވެ.

މި ހާލަތުގައި އެ ގައުމުގެ ރައްޔިތުންނަށް ރިލީފް ޕެކޭޖްތަކެއް ފޮނުވަން އެ ގައުމުން ނިންމާފައިވާއިރު ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން ބައެއް ރައްޔިތުން މިހާރު ވަނީ ހުޅުމާލޭގެ ފެސިލިޓީއަކަށް ބަދަލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް