އެންޒީ "ވަރަށް ފައްކާ" މަސްދަޅު ޕްރޮމޯޝަންގެ ފުރަތަމަ މަހުގެ ނަސީބުވެރިން ހޮވައިފި

އެންޒީން ކުރިއަށްގެންދާ "ވަރަށް ފައްކާ" މަސްދަޅު ޕްރޮމޯޝަންގެ ފުރަތަމަ މަހުގެ ނަސީބުވެރިން ހޮވައިފިއެވެ. 15 ފެބްރުއަރީ އިން ފެށިގެން އެންޒީއިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ފުރަތަމަ މަހުގެ (މާރޗް) ...

13 Apr 2020 | 09:33

އެންޒީން ކުރިއަށްގެންދާ "ވަރަށް ފައްކާ" މަސްދަޅު ޕްރޮމޯޝަންގެ ފުރަތަމަ މަހުގެ ނަސީބުވެރިން ހޮވައިފިއެވެ.

15 ފެބްރުއަރީ އިން ފެށިގެން އެންޒީއިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ފުރަތަމަ މަހުގެ (މާރޗް) ލަކީ ޑްރޯ ނަގާފައިވަނީ ރޭގައި ޓީވީއެމްއިން ލައިވްކޮށް ދެއްކި ޕްރޮގްރާމެއްގައެވެ.

މި ޕްރޮމޯޝަންގައި ކޮންމެ މަހަކު ގުރުއަތު ނެގުމަށްފަހު ފައިސާގެ އިނާމުގެ ގޮތުގައި 1،000ރ ،5،000ރ،10،000ރ ނަސީބުވެރި ތިން ފަރާތަކަށް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަންގައި ރޭގަ ނެގުނު ލަކީ ޑްރޯއިން މާރޗްމަހަށް ހޮވުނު ނަސީބުވެރި ތިން ފަރާތަށް އެންޒީއިންވަނީ ގުޅާފަ ފައިސާއާއި ހަވާލުވުމަށް ވަޑައިގެންނެވުމަށް އަންގާފައެވެ.

ލޭބަލްކޮޅު ދަޅުން ނައްޓާލެއްވުމަށްފަހު ލޭބަލްގެ ފަހަތުގައިވާ ސީރިއަލް ނަމްބަރ 5040 އަށް މެސެޖް ކޮށްލެއްވުމުން އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. އަދި 15 ފެބްރުވަރީ އިން 31 ޖުލައި، މި މުއްދަތުގެ ތެރޭގައި އެސް އެމް އެސް ކުރަށްވާފައިވާ ހުރިހާ ބޭފުޅުންގެ މެދުގައި ގްރޭންޑް ލަކީ ޑްރޯއެއް ނެގިގެންދާނެއެވެ. ގްރޭންޑް ލަކީ ޑްރޯގެ ނަސީބުވެރި ތިން ފަރާތަކަށް ފައިސާގެ އިނާމުގެ ގޮތުގައި 30000ރ ،50000ރ، 100000ރ، ލިބިގެންދާނެއެވެ.

މިވަގުތަކީ ވިޔަފާރިތަކުން އާންމު ފަރުދުންނަށް ވީހާވެސް ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭންވީ ވަގުތެއްކަމުން އެންޒީއިން މަސްދަޅުގެ އަގު 6 އޭޕްރިލް އިން ފެށިގެން ވަނީ ވަރަށް ބޮޑަށް ހެޔޮ ކޮށްފައެވެ. އަގަށް ބަދަލު ގެނެވިފައިވަނީ ކޮވިޑް 19 ގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ މާލީ ދަތިތަކާއި ގުޅިގެންއާއި އަދި ކުރިއަށްއޮތް ބަރަކާތްތެރި ރަމަޟާންމަސް ކަމަށްވެފައި އެންމެ ގިނައިން ގޭގޭގައި ބޭނުންކުރައްވާ އެއް ޕްރޮޑަކްޓްއަކީ މަސްދަޅު ކަމަށްވާތީ ރައްޔިތުންނަށް ވީހާވެސް ބޮޑު ލުޔެއް ހޯދައިދިނުމުގެ މަޤްސަދުގައެވެ.

މިގޮތުން ތެޔޮ މަސްދަޅެއް 12 ރުފިޔާއަށް އަދި ފެން މަސްދަޅެއް އެންމެ 11.50ރ އަށް ވަނީ އަގު ކުޑަ ކުރެވިފައެވެ. ކޭސް ނަންގަވާނަމަ، ތެޔޮ މަސްދަޅު ކޭހެއް 555ރ އަށް އަދި ފެން މަސް ކޭހެއް 530ރ އަށް ލިބިވަޑައިގަންނަވާނެއެވެ.

އެންޒީން މައުލޫމާތުދެއްވާގޮތުގައި އެބޭފުޅުންގެ ހޮޓްލައިން ނަމްބަރ 7248899 (މާލޭގެ ކަސްޓަމަރުން) އަދި 7258899 (ހުޅުމާލޭގެ ކަސްޓަމަރުން) އަށް ހެނދުނު 08:30 އާއި ހަވީރު 04:00 ދެމެދު ގުޅުއްވުމަށްފަހު ބޭނުންފުޅުވާ ބާވަތް (ތެޔޮ/ފެން) އަދަދު، އެޑްރެސް އަދި ގުޅޭނެ ނަމްބަރ ދެއްވުމުން އެންޒީއިން ޑެލިވާރ ކޮށްދޭނެއެވެ.

ޕްރޮމޯޝަންގައި ބައިވެރިވުމަށް އެސް އެމް އެސް ކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށްވެސް އެންޒީގެ މެނޭޖްމަންޓުގެ ފަރާތުން ވަރަށް ޙާއްސަ ޝުކުރެއްރެއް ދަންނަވައެވެ. އަދި ކުރިއަށް އޮތް މަސްތަކުގައި މިއަށްވުރެ ގިނަ ފަރާތްތަކުން މި ލަކީ ޑްރޯގައި ބައިވެރިވުމަށް އެސް އެމް އެސް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް އެންޒީން ބުނެއެވެ.

އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަންގެ އިތުރު މަޢުލޫމާތު އެންޒީގެ ފޭސްބުކް ޕޭޖުން ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް