ދަރަވަންދޫ ކޯޓުގެ މެޖިސްޓްރޭޓް މާ ގިނައިން ސަލާމްބުނާތީ ނަސޭހަތް ދެނީ

ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފު ސަލާމް ބުނުމުގެ އުސޫލާއި ހިލާފަށް މާ ގިނައިން ސަލާމް ބުނާތީ ފިޔަވަޅުއަޅަން ނިންމައިފި އެވެ. ޖޭއެސްސީން ބުނީ ސަލާމް ބުނުމުގެ އުސޫލާ ހ...

13 Apr 2020 | 09:26

ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފު ސަލާމް ބުނުމުގެ އުސޫލާއި ހިލާފަށް މާ ގިނައިން ސަލާމް ބުނާތީ ފިޔަވަޅުއަޅަން ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ ސަލާމް ބުނުމުގެ އުސޫލާ ހިލާފަށް ލަތީފު ސަލާމް ވިދާޅުވަމުން ގެންދާ ކަމަށް ބުނެ ހުށަހެޅުނު ޝަކުވާއެއް ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ބަލާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބެލިބެލުމުން ކަމާ ގުޅޭ ގާނޫނުތަކާއި ފަނޑިޔާރުންގެ ސުލޫކީ މިންގަޑާ ހިލާފަށް ލަތީފު ސަލާމް ވިދާޅުވާ ކަން ހާމަވެފައިވާ ކަމަށެވެ.

މައްސަލަ ބެލުމަށް ފަހު ނިންމާފައިވަނީ ލަތީފަށް ނަސޭހަތްދީ ޖުޑީޝަން ސާވިސް ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިިހަމަ ކުރަން އަންގާށެވެ.

ޖޭއެސްސީން ބުނީ މި މައްސަލަ ބެލި ބައްދަލުވުމުގައި އެ ކޮމިޝަނުގެ އަށް މެންބަރުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް