އޭޑިކޭ ހޮސްޕިޓަލުން އޮންލައިންކޮށް ހުރިހާ ޑޮކްޓަރުންނަށް ދެއްކޭގޮތް ހަދައިފި

އޭޑީކޭ ހޮސްޕިޓަލުގެ އޮންލައިން ކްލިނިކުން ހުރިހާ ޑޮކްޓަރުންނަށް ދެއްކޭގޮތަށް ހަމަޖައްސައިފި އެވެ. ކޯވިޑް-19 އާއި ގުޅިގެން ހޮސްޕިޓަލަށް މީހުން ދިޔުން މަދުކުރުމަށް ބާރު އެޅުމަށް އެ ހޮސްޕިޓަލުން މިދިޔަ މ...

13 Apr 2020 | 06:10

އޭޑީކޭ ހޮސްޕިޓަލުގެ އޮންލައިން ކްލިނިކުން ހުރިހާ ޑޮކްޓަރުންނަށް ދެއްކޭގޮތަށް ހަމަޖައްސައިފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ހޮސްޕިޓަލަށް މީހުން ދިޔުން މަދުކުރުމަށް ބާރު އެޅުމަށް އެ ހޮސްޕިޓަލުން މިދިޔަ މަހުގެ14 ވަނަ ދުވަހު ފުރަތަމަ ފެށީ އޮންލައިން ފްލޫ ކްލިނިކް އެކަންޏެވެ. އޭރު އެ ކްލިކަށް ޑޮކްޓަރަށް ދެއްކެނީ ހުމާއި ރޯގާގެ އަސަރު ފެންނަ މީހުންނާއި ރާއްޖެއިން ބޭރަށް ދަތުރު ކުރާ މީހުންނަށެވެ.

އެ ހޮސްޕިޓަލުން ބުނީ މިދިޔަ މަހުގެ28 ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލްގެ ހުރިހާ ޑޮކްޓަރުންގެ ހިދުމަތް އޮންލައިންކޮށް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓުންނާއި ސުޕާސްޕެޝަލިސްޓުންވެސް ހިމެނޭނެ އެވެ.

އޮންލައިން ފްލޫ ކްލިނިކްގެ ހިދުމަތް ހިލޭ ދިންނަމަވެސް ސްޕެޝަލިސްޓުންނަށް ދައްކަން ފައިސާ ދައްކަން ޖެހެ އެވެ. ފައިސާ ދެއްކުމަށް ބީއެމްއެލް މޮބައިލްޕޭގެ ހިދުމަތް ބޭނުން ކުރުމަށް އޭޑީކޭއިން އެދެ އެވެ.

އޮންލައިން ކްލިނިކް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހައްދާ ފަރާތްތަކަށް ޑިޖިޓަލް މެމޯއެއް ފޯނަށް ލިބޭނެ އެވެ. އެކަމަށް ވައިބާ ނުވަތަ ސްކައިޕްގައި ބޭނުންކުރާ ނަންބަރު ހޮސްޕިޓަލާއި ހިއްސާކުރުން މުހިއްމުކަމަށް އޭޑީކޭއިން ބުނެއެވެ.

އަދި “އާސްކް އޭޑީކޭ” މެދުވެރިކޮށް ވައިބާ ޓެލެގްރާމް ނުވަތަ ފޭސްބުކް މެސެންޖާއިން ޑޮކްޓަރު ބަލިމީހުން ބަލަމުންދާ ކިއު ތަރުތީބު ބަލާލެވޭނެ އެވެ. ޑޮކްޓަރު ގުޅަމުންދާނީ އެޕޮއިންޓްމެންޓް ހައްދާ ތަރުތީބުން ކަމަށް އޭޑީކޭއިން ބުނެ އެވެ.

އޭޑިކޭ ހޮސްޕިޓަލްގެ އޮންލައިން ކްލިނިކަށް އެޕޮއިންޓްމެންޓް ހައްދަން ގުޅަން ޖެހެނީ1440 އަށެވެ. އޭޑީކޭ އޮންލައިން ކްލިނިކުން ދޫކުރާ ބޭސް ސިޓީއަށް އާސަންދަ މެދުވެރިކޮށް ބޭސް ލިބޭނެ އޮތް އާސަންދަ ކުންފުނިން ވަނީ ހަމަޖައްސާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް