ލޭޑީ ވިސެލްޑައުން މާލެއަށް އައީތަ ! ކޮން ބަޔަކަށް ޝީޓެއް ލިބުނީ؟

ނެޓްފްލިކްސްގެ ބޮޑު ހިޓް ސީރީޒް "ބްރިޖަޓަން" ބެލި މީހެއް ނަމަ، ލޭޑީ ވިސެލްޑައުންގެ ނަން އިވުނީމައި ގައިން ހީބިހި ނަގާނެއެވެ. ލަންޑަންގެ ހައި ސޮސައިޓީ ތެރޭގައި ކާކުކަން ނޭނގޭ ގޮތަށް، އެންމެ ފޮރުވައިގެނ...

13 Mar 2026 | 09:59
N/A

N/A

ނެޓްފްލިކްސްގެ ބޮޑު ހިޓް ސީރީޒް "ބްރިޖަޓަން" ބެލި މީހެއް ނަމަ، ލޭޑީ ވިސެލްޑައުންގެ ނަން އިވުނީމައި ގައިން ހީބިހި ނަގާނެއެވެ. ލަންޑަންގެ ހައި ސޮސައިޓީ ތެރޭގައި ކާކުކަން ނޭނގޭ ގޮތަށް، އެންމެ ފޮރުވައިގެން ގެންގުޅޭ ސިއްރުތައް ހާމަކޮށް ޝީޓުތައް ބެހި މިސްޓީރިއަސް ލިޔުންތެރިއެކެވެ. ކިތަންމެ ބާރުގަދަ ބައެއް ނަމަވެސް ވިސެލްޑައުންގެ ގަލަމުން ސަލާމަތެއް ނުވެއެވެ. ކާކުކަން ހޯދަން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް، އެކަކަށް ވެސް ހޯދޭ ގޮތެއް ނުވީއެވެ.

ހަމަ އެ ސްޓައިލަށް — މާލެ އާއި ހުޅުމާލޭގައި މިހާރު ޕްރިންޓް ކޮށްފައި ހުރި ޝީޓުތަކެއް ދައުރުވާން ފަށައިފިއެވެ. ވެއިޓިން އޭރިއާތަކުންނާއި ކެފޭތަކުން، އަދި އާންމު ތަންތަނުން މި ޝީޓުތައް ފެންނަ ކަމުގެ ވާހަކަ މީހުން ދައްކަން ފެށުމުގެ ސަބަބުން ޝައުގުވެރިކަން ވަނީ ބޮޑުވެފައެވެ. ބައެއް މީހުންނަށް އަތަށް ލިބިފައި ހުރިއިރު، ސޯޝަލް މީޑިއާގައި ވެސް ފޮޓޯތައް ދައުރުވާން ފަށައިފިއެވެ.

މިހާތަނަށް އެނގޭ ގޮތުގައި، ދައުރުވަމުން އަންނަ ޝީޓުތަކުގައި ލިޔެފައި ވަނީ ސާވިސް ޕްރޮވައިޑާ އެޕެއްގެ ވާހަކައެވެ. ދިވެހިންގެ ތެރޭގައި ފަހަކަށް އައިސް ތަފާތު އަޑުތައް ފެތުރުމުގެ ސަބަބުން ޝައުގުވެރިކަން އުފެދިފައިވާ އެޕެކެވެ. ކޮން އެޕެއް ކަމެއް، ކޮން ވާހަކައެއް ކަމެއް — އެ ހުރިހާ ތަފުސީލެއް ހުރީ ޝީޓުގައެވެ.

މީގެ ޝީޓެއް ފެނިއްޖެ ނަމަ ކިޔައިލާށެވެ. ނުފެނި ހުރިއްޔާ — ލޯ ހުޅުވައިގެން ހުންނާށެވެ. ފަހަރެއްގައި ދެން ޝީޓެއް ފެންނާނީ އަތް ފޯރާ ހިސާބުންނެވެ.

ދެން އޮތީ ސުވާލެކެވެ — މާލެ ސަރަހައްދުގައި ހަމަ ރަނގަޅަށް ވެސް ލޭޑީ ވިސެލްޑައުންއެއް އެބަ އުޅެނީ ހެއްޔެވެ؟ ނޫނީ މިއީ މީހުންގެ ސަމާލުކަން ދަމައިގަތް މޮޅު މާކެޓިން އުކުޅެއް ހެއްޔެވެ؟

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް