ހައްޖު އަދި އުމްރާގެ އަޅުކަމަށް ހޮވުނު މުވައްޒަފުންނާއެކު -
ސްޓެލްކޯގެ ހަރަދުގައި މި އަހަރު ހައްޖާއި އުމްރާގެ
އަޅުކަން އަދާކުރަން ދާން ފުރުސަތު ލިބުނު މުވައްޒަފުން ހޮވައިފިއެވެ.
ސްޓެލްކޯއިން ބުނެފައިވާގޮތުގައި އެ ފުރުސަތު
ހުޅުވާލުމުން ހައްޖުގެ އަޅުކަމަށް 102 މުވައްޒަފަކު އަދި އުމްރާގެ އަޅުކަމަށް 218
މުވައްޒަފަކު ކުރިމަތިލިއެވެ. އޭގެ ތެރެއިން ހައްޖަށް ދިއުމަށް 84 މުވައްޒަފަކު
ޝަރުތު ހަމަވިއިރު އުމްރާއަށް 215 މުވައްޒަފަކު ޝަރުތު ހަމަވި ކަމަށް
ބުނެފައިވެއެވެ.
ސްޓެލްކޯއިން 2023 ވަނަ އަހަރާއި ހަމައަށް މި
ފުރުސަތު ދެމުން ދިޔައި ކޮންމެ ބަޔަކުންވެސް އަންހެން މުވައްޒަފަކާއި ފިރިހެން
މުވައްޒަފަކަށެވެ. އެހެންނަމަވެސް އެ ކަމާއި ގުޅޭ ޕޮލިސީއަށް މިދިޔަ އަހަރު ބަދަލު
ގެނެސް ހައްޖުގެ އަޅުކަމަށާއި އުމްރާގެ އަޅުކަމަށް ފިރިހެން ދެ މުވައްޒަފުން އަދި
އަންހެން މުވައްޒަފަކު ހޮވަން ވަނީ ނިންމާފައެވެ.
ހައްޖަށް ދިއުމަށް ހޮވުނު މުވައްޒަފުން:
- އަހްމަދު ވަހީދު – ޓްރާންސްމިޝަން އެންޑް
ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް
- ހަސަން ޒަރީރު – ކ. ކާށިދޫ އިންޖީނުގެ
- އާމިނަތު ޖަލީލާ – ޕްރޮކިއުމަންޓް ޑިޕާޓްމަންޓް
އުމްރާގެ އަޅުކަން އަދާކުރަން ގުރުއަތުން ހޮވުނު މުވައްޒަފުން
- ބުންޔާމީން މުހައްމަދު ނަސީރު – ވިލިނގިލި އަވަށު
އިންޖީނުގެ
- އަހުމަދު މުސްތަފާ – ވިލިނގިލި އަވަށު އިންޖީނުގެ
- ޝިފްރާ އިލްހާމް – ހިއުމަން ރިސޯސަސް އެންޑް
ޓްރެއިނިންގ ޑިޕާޓްމަންޓް
ސްޓެލްކޯއިން މިކަމަށް ތައްޔާރުކޮށްފައިވާ އުސޫލުގައިވާގޮތުން
ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ އެ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަ ދުވަހު
ހިދުމަތް ކުރުމުގައި ދެމިތިބި މުވައްޒަފުންގެ ކުރިމަތިލާ މުވައްޒަފުންނަށެވެ. އުމްރާގެ
އަޅުކަމަށް ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރަމުންދާ
މުވައްޒަފުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް