ހަލުވިކަމާއި ދުނިޔޭގައި ފެތުރެމުންދާ އަދި ރާއްޖެއިންވެސް ފެނިފައިވާ ކޮރޯނާ ވައިރަސްއަށް ސަރުކާރުގެ މައި ހޮސްޕިޓަލު އައިޖީއެމްއެޗުގެ މުވައްޒަފަކު ޓެސްޓުކޮށްފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ އެތެރެ ހަށީގެ ހާއްސަ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ އެ މުވައްޒަފު ވައިރަހަށް ޓެސްޓު ކުރީ ބަލީގެ އަލާމާތްތަކެއް ފެނިގެން ކަމަށެވެ. އެކަމަކު ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ.
އެކަމަކު ނަތީޖާ ލިބެންދެން އޭނާ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސޮލޭޝަންގައި ބެހެއްޓި ކަމަށް ޑރ. މުރާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ނަތީޖާ ނެގެޓިވް ވުމުން އެ މުވައްޒަފު ގޭގައި މަޑު ކުރުމަށް އެންގިފައިވާ ކަމަށެެވެ.
ގޭގައި މަޑުކުރަން އެންގީ އަދިވެސް ރޯގާ އާއި ހުމުގެ އަލާމާތްތައް ފެންނަ ހުރުމުން އެކަންކަން ރަނގަޅުވަންދެން ނެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގައި ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވެފައިވާ އުމުރުން ދުވަސްވީ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ވައިރަހަށް ޓެސްޓު ކުރި މުވައްޒަފަކީ އޭނާއަށް ފަރުވާ ދިން މީހެއްކަމެއް ނުވަތަ ނޫންކަމެއް ޑރ މުރާދު ވިދާޅެއް ނުވެ އެވެ.
ރާއްޖޭގެ ސިއްހީ ދާިއރާގައި މަސައްކަތް ކުރައްވަމުންދާ މުވައްޒަފަކު މި ވައިރަހަށް ޓެސްޓު ކުރި ކަން ހާމަ ކުރި މިއީ ފުރަތަމަ ފަހަރެވެ. އެ ދާއިރާގެ ހިދުމަތްތެރިން ދަނީ24 ގަޑިއިރު މި ވައިރާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް