ކޯވިޑް-19: ވިސާގެ މުއްދަތު އިތުރުކުރަން މެޑިކަލް ރިޕޯޓް ހުށަޙަޅަން ނުޖެހޭގޮތަށް ނިންމައިފި

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގެ ތެރޭގައި ވާކް ވިސާ އަދި އެހެނިން ވިސާ ތަކުގެ މުއްދަތު އިތުރުކުރަން ހުށަހަޅާއިރު މެޑ...

13 Mar 2020 | 15:12

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގެ ތެރޭގައި ވާކް ވިސާ އަދި އެހެނިން ވިސާ ތަކުގެ މުއްދަތު އިތުރުކުރަން ހުށަހަޅާއިރު މެޑިކަލް ރިޕޯޓާއި ނުލާ ވިސާ ދޫކުރަން މޯލްޑިވްސް އިމިގްރޭޝަން އިން ނިންމައިފިއެވެ.

އިމިގްރޭޝަން އިން މިހެން ނިންމާފައިވަނީ ދަތުރު ފަތުރުކުރުން މަދުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމުގެ ގޮތުން ކަމަށް އެ

އިދާރާއިން މިއަދު ނެރުނު އިއުލާނެއްގައިވެއެވެ.

ނަމަވެސް އަލަށް ވާކް ވިސާ އަދި އެހެނިހެން ވިސާއަށް އެދި ހުށަހަށާއިރު މިހާރުވެސް އަމަލުކުރަމުންދާ ގޮތުގެ މަތިން މެޑިކަލް ރިޕޯޓު ހުށަހެޅަންޖެހޭނެ ކަމަށް އިމިގްރޭޝަން އިން ބުނެއެވެ.

ކުރިން ވިސާގެ މުއްދަތު އިތުރުކުރަން މެޑިކަލް ރިޕޯޓް ހުށަހަޅަން ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް