ކޮވިޑް-19: އިންޑިއާއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ

ނިއު ދިއްލީ (މާޗް 13) - އިންޑިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު ފުރަތަމަ ފަހަރަށް މަރުވެއްޖެ އެވެ. ކަރްނާޓަކާ ސްޓޭޓުގެ ހެލްތު މިނިސްޓަރު ބ ސްރިރާމުލޫ ވިދާޅުވީ މަރުވީ ދާދި ފަހުން ސައުދީ އަ...

13 Mar 2020 | 13:30

ނިއު ދިއްލީ (މާޗް 13) - އިންޑިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު ފުރަތަމަ ފަހަރަށް މަރުވެއްޖެ އެވެ.

ކަރްނާޓަކާ ސްޓޭޓުގެ ހެލްތު މިނިސްޓަރު ބ ސްރިރާމުލޫ ވިދާޅުވީ މަރުވީ ދާދި ފަހުން ސައުދީ އަރަބިއާ އިން އިންޑިއާ އަށް ދިޔަ މީހެއް ކަމަށެވެ. އަދި އޭނާ މަސް ދުވަހުގެ ދަތުރަކަށް ފަހު އޭނާ އިންޑިއާ އަށް ދިޔައީ ފެބްރުއަރީ 28 ވަނަ ދުވަހު އެވެ. އެގޮތުން ދެކުނުގެ ކަރްނާޓަކާގެ ކަލްބުރްގީ އަށް ނިސްބަތްވާ އެ މީހާއާ ބައްދަލުވި މީހުން ހޯދައި އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އިން ބުނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ މަރުވި 76 އަހަރުގެ އެ މީހާ އަކީ ލޭމައްޗަށް ދިއުމާއި ނޭވާ ހިއްލުން އަދި ހަކުރު ބަލި ހުންނަ މީހެއް ކަމަށެވެ. އެ މީހާ މަރުވީ އަންގާރަ ދުވަހު ކަމަށް ވިޔަސް ޓެސްޓުގެ ނަތީޖާ ހާމަކުރީ އިއްޔެ ކަމަށް ޕީޓީއައި އިން ބުނެއެވެ.

އޮފިޝަލުން ބުނީ އެ މީހާ ސައުދީން އައިއިރު އެއާޕޯޓުން ސްކްރީންކުރި ކަމަށާއި ބަލީގެ އެއްވެސް އަލާމާތެއް އޭރު ނެތް ކަމަށެވެ. ނަމަވެސް ނޭވާލުމުގައި އުނދަގޫތަކެއް ކުރިމަތިވާތީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ މި މަހު 5 ވަނަ ދުވަހު އެވެ.

އިންޑިއާ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 74 އަށް އަރައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް