އަނަންތަރާ ދިގު ރިސޯޓުން ކޮރޯނާ ވައިރަހަށް މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
ހެލްތް ޕްްރޮޓެކްޝަން އެޖެންސީން ބުނީ އެ ރިސޯޓުން ވައިރަހަށް ޕޮސިޓިވްވީ ޓޫރިސްޓެއް ކަމަށެވެ. މިއާ އެކު ރާއްޖޭގައި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ނުވަޔަކަށް އެރީ އެވެ.
އެޗްޕީއޭއިން ބުނީ ވައިރަހަށް ޕޮސިޓިވްވި ޓޫރިސްޓާއި ގުޅުން ހުރި11 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެމީހުން އައިސޮލޭޝަންގައި ބޭތިއްބުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިވަގުތު އެ ރަށް އޮތީ މޮނިޓަރިންގައި އެވެ.
https://twitter.com/HPA_MV/status/1238427000659828737
މީގެ ކުރިން ކޮރޯނާ ވައިރަހަށް މީހަކު ޕޮސިޓިވްވުމުން އެ ރަށަކަށް އަރާ ފޭބުން މަނާ ކުރިޔަސް މިފަހަރު ފިޔަވަޅެއް ނާޅައެވެ. އަދި ކުރިން އެ ފިޔަވަޅު އެޅި ރިސޯޓުތައްވެސްް ވަނީ ހުޅުވާލާފައި އެވެ.
މިވަގުތު ރާއްޖޭގައި އޮތީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އެވެ. އެއީ30 ދުވަހުގެ މުއްދަތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް