ސްޕީޗް ތެރަޕީ ދޭ ޑޮކްޓަރަކު ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ފެންމަތިވެއްޖެ

ރާއްޖޭގައި ސްޕީޗް ތެރަޕީ ދޭ ޑޮކްޓަރަކު ކުޑަ ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅި ރޭ22:30 ހާއިރު އެވެ. މި މައްސަލައިގަ ފުލު...

13 Mar 2020 | 10:17

ރާއްޖޭގައި ސްޕީޗް ތެރަޕީ ދޭ ޑޮކްޓަރަކު ކުޑަ ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅި ރޭ22:30 ހާއިރު އެވެ. މި މައްސަލައިގަ ފުލުހުން ވަނީ 34 އަހަރުގެ އިންޑިއާގެ ޑޮކްޓަރު ހައްޔަރުކޮށްފައި އެވެ.

މި ހާދިސާގައި އަނިޔާ ލިބިފައިވަނީ ހަ އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެ ޑޮކްޓަރަކީ އަމިއްލަ ހައިސިއްޔަތުން އެ ކުއްޖާގެ ގެއަށް ގޮސް ސްޕީޗް ތެރަޕީ ދޭ ޑޮކްޓަރެކެވެ.

އެކުއްޖާއަށް ޑޮކްޓަރު އަނިޔާކޮށްފައިވަނީ މިމަހުގެ11 ވަނަ ދުވަހުގެ ރޭ އެވެ. ފުލުހުން ބުނީ އަނިޔާ ކުރި ވީޑިއޯ ފުލުހުންނަށް ލިބިފައިވާއިރު އެ ވީޑިއޯއިން ފެންނަ ގޮތުގައި ޑޮކްޓަރު އެ ކއުްޖާގެ ކަންފަތުގައި ހިފާ އަނިޔާ ކުރާތަން ފެންނަކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރީ ކުޑަކުއްޖަކަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރި މައްސަލައިގަ އެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް