ގއ. އަތޮޅު ހޮސްޕިޓަލަށް މަރުވެފަ އޮތް މީހަކު ގެންދިޔަ މައްސަލައެއްގަ ހަ މީހަކު ހައްޔަރުކޮށްފި

ގއ. އަތޮޅު ހޮސްޕިޓަލަށް މަރުވެފައި އޮތް މީހަކު ގެންދިޔަ މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅީ ރޭ ފަތިހު5:09 ހާއިރު އެވެ. ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ އ...

13 Mar 2020 | 10:00

ގއ. އަތޮޅު ހޮސްޕިޓަލަށް މަރުވެފައި އޮތް މީހަކު ގެންދިޔަ މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅީ ރޭ ފަތިހު5:09 ހާއިރު އެވެ. ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށެވެ.

އެއީ24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލައިގަ ފުލުހުން ހައްޔަރު ކުރީ ހަ މީހުންނެވެ. އެއީ18 އަހަރާއި،20 އަހަރާއި،21 އަހަރުގެ މީހަކާއި23 އަހަރު އަދި24 އަހަރުގެ ދެ މީހުންނެވެ.

ފުލުހުން ބުނީ އެމީހާ މަރުވި ގޮތް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް