ނައިބު ރައީސް ކާރުކޮޅަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި

ނައިބު ރައީސް ފައިސަލް ނަސީމްގެ ރަސްމީ ކާރުކޮޅަށް ގެއްލުން ދިން މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ. ގެއްލުން ދިން އިރު ކާރު ޕާކު ކޮށްފައި އޮތީ ނައިބު ރައީސްގެ ރަސްމީ ގެކޮޅު ހިލާލީގޭ ކައިރީގައި އެވެ....

13 Mar 2020 | 08:47

ނައިބު ރައީސް ފައިސަލް ނަސީމްގެ ރަސްމީ ކާރުކޮޅަށް ގެއްލުން ދިން މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ގެއްލުން ދިން އިރު ކާރު ޕާކު ކޮށްފައި އޮތީ ނައިބު ރައީސްގެ ރަސްމީ ގެކޮޅު ހިލާލީގޭ ކައިރީގައި އެވެ. ފުލުހުން ބުނީ ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެމީހާ ވަނީ ކާރުގެ ވައިޕާ އާއި ނަމްބަރު ބޯޑު ބިންދާލާފައި އެވެ.

މިކަން ކޮށްފައިވަނީ އުމުރުން20 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ ބެލެވޭ ގޮތުގައި އޭނާ އެވަގުތު ހުރީ މަސްތުގެ ހާލުގައި އެވެ.

ފުލުހުން ދަނީ އޭނާ ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިދިޔަ މަހު އެމްޑީޕީން ބޭއްވި ހަރަކާތެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހެންވޭރަށް ވަޑައިގެން އުޅުއްވަނިކޮށް އެމަނިކުފާނުގެ ރަސްމީ ކާރު ކޮޅަށް ވަނީ މީހަކު ފެން އެއްޗެއް އޮއްސާލާފައި އެވެ. އެގަޑީގައި ކާރުކޮޅުގައި އިނީ ޑްރައިވަރު އެކަންޏެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ފުލުހުން ބުނީ ފެން އެތި އޮއްސާލެވުނީ ޓެރަސް މަތީގައި ހުރި ގަހަކަށް ފެންދޭން އުޅެނުކޮށް އޮޅިގެން ކަމަށް އެމީހާ ފުލުހުންނަށް ބަޔާން ދީފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް