ކޮވިޑާ ގުޅިގެން މާލޭގެ ޕާކުތަކާއި މައިޒާންތައް ބަންދުކޮށްފި

ރާއްޖެއިންވެސް މިހާރު ފެނިފައިވާ ކޯވިޑް-19 އާއި ގުޅިގެން މާލޭގެ ޕާކުތަކާއި މައިޒާންތައް ބަންދުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ކައުންސިލުން މިރޭ ނެރުނު ހާއްސަ ދ...

12 Mar 2020 | 20:03

ރާއްޖެއިންވެސް މިހާރު ފެނިފައިވާ ކޯވިޑް-19 އާއި ގުޅިގެން މާލޭގެ ޕާކުތަކާއި މައިޒާންތައް ބަންދުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެ ކައުންސިލުން މިރޭ ނެރުނު ހާއްސަ ދެންނެވުމެއްގައެވެ.

ބުނެފައިވަނީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ 13 މާރިޗް ވާ ހުކުރު ދުވަހުން ފެށިގެން މާލޭގެ ޖުމްހޫރީ މައިދާނާއި، ސަލްޓަން ޕާކް އަދި އެހެނިހެން މައިޒާންތަކާއި ޕާކްތައް އާންމުންނަށް ބަންދުވާނެ ވާހަކަ ދަންނަވާކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން މި ނިންމުން ނިންމާފައިވާއިރު ކޯވިޑުން ސަލާމަތްވުމަށް ސަރުކާރުން މިއަދު ވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.

މިހާތަނަށް ރާއްޖެއިން އަށް މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު ކަރަންޓީނުގައި 16 އައިސޮލޭޝަންގައި ނުވަ މީހަކު އެބަތިއްބެވެ. ކޯވިޑަށް ޕޮޒިޓިވް ވެފައިވާ އެކަކު ސިއްހީ ހާލަތު އިތުރަށް މޮނީޓަރ ކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫއަށް ބަދަލުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް