ކޮވިޑް-19: ހުކުރަށް ދިޔުމާއި މެދު ދިނީ އިލްމުވެރިޔާ ޑރ. އިޔާޒްގެ ބަސް!

ކޮރޯވާ ވައިރަސްގެ ނުރައްކާތެރިކަން ބޮޑުވެ ރާއްޖެއިން މި ބަލި ފެނިފައިވާ މި ދަނޑިވަޅުގައި ހުކުރަށް ދިޔުމާއި މެދު އޮންނަ ގޮތް  ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައ...

12 Mar 2020 | 19:00

ކޮރޯވާ ވައިރަސްގެ ނުރައްކާތެރިކަން ބޮޑުވެ ރާއްޖެއިން މި ބަލި ފެނިފައިވާ މި ދަނޑިވަޅުގައި ހުކުރަށް ދިޔުމާއި މެދު އޮންނަ ގޮތް  ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު ވިދާޅުވެ ދެއްވައިފި އެވެ.

ސޯޝަލް މީޑިއާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިޔާޒު ވިދާޅުވީ ބަލިމަޑުކަމެއް ނުވަތަ ވައިރަސް ފެނިފައިވާ ނުވާ ރަށްރަށުގެ މީހުން ހުކުރަށް ދާންވާނެ އެވެ. އެކަމަކު އެރަށަކުން ވައިރަސް ފެނިފައިވާ ރަށްތަކުގައި އުޅޭ މީހުން ހުކުރު ނަމާދަށް ނުދިޔަޔަސް އެންމެ ރަނގަޅު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. އިޔާޒު ވިދާޅުވީ އެފަދަ ރަށެއްގައި އުޅޭ މީހުން ހުކުރު ނަމާދުގެ ބަދަލުގައި މެންދުރު ނަމާދުގެ ހަތަރު ރަކުއަތް ގޭގައި ނުވަތަ އެ ހުރި ތަނެއްގައި ކުރުމުން ރަނގަޅުވާނެ އެވެ.

https://twitter.com/dr_iyaz/status/1238136387796217858

މިހާތަނަށް ރާއްޖެއިން ކޮރޯނާ ވައިރަސްއަށް މީހުން ޕޮސިޓިވް ވެފައިވަނީ ތިން ރިސޯޓެއްގައި އެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓާއި ބަތަލާ ރިސޯޓުގެ އިތުރުން ކުރަމަތި ރިސޯޓުންނެވެ.

މިހާރު ހަލުވިކަމާއި ކޮރޯނާ ވައިރަސް ފެތުރެމުންދާ ގައުމުތަކުގެ ތެރެއިން އިރާނުން ވަނީ މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ހުކުރު ނަމާދު ކެންސަލް ކޮށްފައި އެވެ. އެއީ ވައިރަހުން ރައްކާތެރިވުމަށް ކަމަށް އެ ގައުމުގެ ސަރުކާރުން ބުންޏެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ މާދަމާގެ ހުކުރު ހުތުބާ ކުރުކޮށް ތައްޔާރުކޮށް ވީހާވެސް ކުރު ސޫރަތެއް ހުކުރު ނަމާދުގައި ކިޔުމަށް އަންގާފައި އެވެ. އަދި ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ މިސްކިތަށް ނުދިއުމަށް އިލްތިމާސް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް