ކޯވިޑް-19 ވެކްސިން މީހުންގެ އަދަދު 33،000 އިން މަތިވެއްޖެ އެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުގައި ބުނެފައިވާ ގޮތުގައި މިއަދު ރާއްޖޭގައި ކޯވިޑް-19 ވެކްސިން 5،717 މީހަކަށް ދީފައިވެ އެވެ. އޭގެ ތެރެއިން 4،609 މީހުންނަށް މާލޭގައި ވެކްސިން ދީފައިވާއިރު އަތޮޅު ތެރޭގައި 1،108 މީހުންނަށް ވެކްސިން ދީފައިވެ އެވެ.
މިހާތަނަށް ވެކްސިން ޖެހި މީހުންގެ އަދަދަށް ބަލާއިރު ޖުމްލަ 33،106 މީހަކަށް ރާއްޖޭގައި ކޯވިޑް ވެކްސިން ދީފައިވެ އެވެ. އޭގެ ތެރެއިން 27،065 މީހުންނަށް ވެކްސިން ދީފައިވަނީ މާލޭގައި އަނެއް އަތޮޅު ތެރޭގައި ވެކްސިން ދީފައިވަނީ 6،041 މީހުންނަށެވެ.
މިއަދުގެ ނިޔަލަށް މާލޭގައި އަށް ސެންޓަރެއްގައި ވެކްސިން ދީފައިވެ އެވެ. އަތޮޅު ތެރޭގައި ކޯވިޑް ވެކްސިން ދީފައިވަނީ 54 ސެންޓަރެއްގައި އެވެ.
ކޯވިޑް-19 ވެކްސިން ދޭން ފެށީ މިމަހުގެ އެއް ވަނަ ދުވަހު އެވެ. ރާއްޖޭގައި އަދި ބޭނުން ކުރަމުންދަނީ އިންޑިއާއިން ހަދިޔާ ކުރި 100،000 ޑޯޒުގެ ކޮވިޝީލްޑް ވެކްސިނެވެ.
މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ޑަބްލިއުއެޗްއޯއިން ވަނީ ދީފައި އެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މި ވެކްސިންއަށް ހުއްދަ ދިނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް