އިންޓަކޮންޓިނެންޓަލް ރިސޯޓުން ސްނޯކްލިން އަށް ދިޔަ އަންހެން ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އެ ރިސޯޓުން އެކަނި ސްނޯކްލިން އަށް ދިޔަ އަންހެން ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
"މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 20:58 ހާއިރު" އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ މި އަންހެން ފަތުރުވެރިޔާ ލައިގެން ހުރީ ރަތް ކުލައިގެ މޫދު ހެދުމެއްކަމަށް ރިޕޯޓް ލިބިފައިވާކަމަށެވެ. އޭނާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ދަނީ ހަރަކާތްތެރިވަމުން ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް