އަނެއްކާވެސް ކޯވިޑަށް ޕޮސިޓިވްވި އަދަދު 200 އިން މައްޗަށް

ކޯވިޑް-19 އަށް މިއަދު 209 މީހުން ޕޮސިޓިވް ވެއްޖެ އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 101 މީހަކާއި މީހުން ދިރިއުޅޭ ރަށްތަކުން 15 މީހެކެވެ. ދެން ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުން ހަ މީހުންނާއި އިންޑަ...

13 Feb 2021 | 17:19

ކޯވިޑް-19 އަށް މިއަދު 209 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 101 މީހަކާއި މީހުން ދިރިއުޅޭ ރަށްތަކުން 15 މީހެކެވެ. ދެން ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުން ހަ މީހުންނާއި އިންޑަސްޓްރިއަލް ރަށަކުން 73 މީހުންގެ އިތުރުން ސަފާރީތަކުން 14 މީހުންނެވެ.

މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 4،006 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 2،360 މީހުންނަށެވެ. އޭގެ ތެރެއިން 190 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން މިއަދުގެ ނިޔަލަށް 15،291 މީހަކު ވަނީ ރަނގަޅުވެފައި އެވެ.

މި ބަލީގައި މިހާތަނަށް 58 މީހުން ވަނީ މަރުވެފައި އެވެ. މި ބަލީގައި ރޭގައި އަދި މިއަދުވެސް މީހަކު މަރުވެފައިވެ އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ޖެހިފައިވަނީ 17،716 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް