މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުމާއި މީހުން ނުކުމެ އުޅުން މަނާ ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ވެހިކަލް ބޭނުން ކުރުމަށް ނުވަތަ ބޭރަށް ނުކުތުމަށް ޕޮލިސްގެ ޕަރމިޓް ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދެވޭނެ އިންތިޒާމު މިހާރުވާނީ ހަމަޖެހިފައި ކަމުގައި ފުލުހުން ބުނެފިއެވެ.
މިގޮތުން، ހުއްދަ ދެވޭނެ ކަންކަމަކީ އިމަރޖެންސީ؛ ޑިއުޓީ ނުވަތަ މަސައްކަތަށް ދިއުމާއި އައުމަށް؛ އެއަރޕޯޓް ޓްރާންސްފަރ؛ ކާބޯތަކެތި ޑެލިވަރކުރުމަށް ކެފޭ/ރެސްޓޯރެންޓުތަކަށް ކަމުގައި ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައާއި ކާފިއު ވަގުތު ޒަރޫރީ ބޭނުންތަކަށް ވެހިކަލް ބޭނުން ކުރުމަށް ނުވަތަ ބޭރަށް ނުކުތުމަށް ތިރީގައިވާ ލިންކު ބޭނުން ކުރައްވައިގެން ހުއްދަ އަށް އެދިލެއްވޭނެ ކަމަށެވެ.
ޕޮލިސް ޕަރމިޓް ސެންޓަރ އަށް ގުޅުއްވޭނެ ނަންބަރަކީ 1665 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް