އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރަނީ

ޖިންްސީ މައްސަލަތަކަކާއި ގުޅިގެން ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަކް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލ...

13 Feb 2021 | 12:25

ޖިންްސީ މައްސަލަތަކަކާއި ގުޅިގެން ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަކް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ނިންމައިފިއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ކުރިން ހިފަހައްޓާފައި އޮތް ނަމަވެސް، އޭނާގެ ޑޮކްޓަރުގެ ބަހަށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި އޭނާގެ ޕާސްޕޯޓް ދޫކޮށްލީއެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު އޮތް އަލީ ވަހީދުގެ ޝަރީއަތުގެ ސިއްރު އަޑުއެހުމުގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކުރި އަމުރު ބާތިލް ކޮށްފައިވެއެވެ. އެ އަމުރު ބާތިލްކޮށް ވަނީ ޝަރީއަތުގެ މަޖިލީހަށް އަލީ ވަހީދުގެ ޑޮކަޓަރަކު ހާޒިރުކޮށް، އެ ޑޮކްޓަރު އަލީ ވަހީދުގެ މައިބަދައިގެ ޑިސްކްތަކެއް ގުޑާފައިވާކަމަށް ބުނުމާއި ގުޅިގެންނެވެ.

އަލީ ވަހީދުގެ މައްޗަށް ކުރާ 7 ދައުވާގެ ޝަރީތުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާ އިއްވައި ހެކި ހުށަހަޅާފައެވެ. އަދި އަލީ ވަހީދު އެ ދައުވާތަކަށް ވަނީ އިންކާރުވެސް ކޮށްފައިވެއެވެ.

ޕީޖީ ހުސެއިން ޝަމީމް މިއަދު ކުރި ޓްވީޓެއްައި ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމާއި ގުޅޭ ލިޔުންތައް މިދިޔަ ބުރާސްފަތި ދުވަހު ލިބިފައިވާ ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ވެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް