އަލީ ވަހީދު ފުރި މައްސަލައިގައި ޖާމިނުވި ގޮތުގެ ލިޔެކިޔުން އަދިވެސް ނުލިބޭ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ ހުސެއިން ޝަމީމް މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމާއި ގުޅޭ ލިޔުންތައް މިދިޔަ ބުރާސްފަތި ދުވަހު ލިބިފައިވާ ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ވެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރގެ މަގާމުން ވަކި ކޮށްފައިވާ އަލީ ވަހީދު ރާއްޖެ ދޫކޮށް ފުރާފައި ވަނީ ޓާކިޝް އެއާލައިން ގައި މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަލީ ވަހީދު ގޮސްފައިވަނީ ލަންޑަނަށެވެ.
އަލީ ވަހީދު މިިނިސްޓަރުކަމުން ވަކިކުރީ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ވެސް ކުރި މައްސަލައެއްގައެވެ.
އޭނާ ލަންޑަނަށް ފުރާފައި ވަނީ، ބޭއްވި ޝަރީއަތުގެ ސިއްރު އަޑުއެހުމުގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކުރި އަމުރު ބާތިލް ކުރުމުންނެވެ. އެ އަމުރު ބާތިލްކޮށް ވަނީ ޝަރީއަތުގެ މަޖިލީހަށް އަލީ ވަހީދުގެ ޑޮކަޓަރަކު ހާޒިރުކޮށް، އެ ޑޮކްޓަރު އަލީ ވަހީދުގެ މައިބަދައިގެ ޑިސްކްތަކެއް ގުޑާފައިވާކަމަށް ބުނުމާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް