އެކިއެކި ގޮތްގޮތުން ރެކޯޑް މުގުރުމަށް ދުނިޔޭގެ އެކި ހިސާބުތަކުން މީހުން ތަފާތު ކަންކަން ކުރެއެވެ. އެގޮތުން ދުނެޔޭގެ އެންމެ ބޮޑު މާކަރ އުފައްދައި، އިންޑިޔާ މީހަކު މިވަނީ ރެކޯޑެއް ހަދާފައެވެ.
މުހައްމަދު ދިލީފް ނަމަކަށް ކިޔާ މި މީހާ ހަދާފައިވާ މާކަރުން ލިޔުމަށްޓަގައި ފަސް ފިރިހެނުން ވެގެން މާކަރު އުފުލައެވެ. އެންމެ ކުރީގައި ދިލީފް ހުރެގެން، އެ މާކަރުން ބޯޑެއްގައި 'އިންޑިޔާ' ޖަހާފައިވެއެވެ.
ދިލީފް މާކަރު ހަދައި، އޭގެން ލިޔާތަނުގެ ކުރު ވީޑިއޯއެއް އާއްމުކޮށްފައި ވެއެވެ.3 މިނިޓާ3 ސިކުންތުގެ މި ވީޑިއޯއިން އޭނާގެ މަސައްކަތްތެރިކަން ދައްކުވައިދެއެވެ. ކައިރީގައި ކުދިކުދި ކަންކަމުގައި އެތީތެރިވެދިނުމަށް ދެ މީހަކު އުޅުނު ކަމުގައި ވިޔަސް، ދިލީފްގެ ބުރަ މަަސައްކަތް ވީޑިއޯއިން ވަރަށް ރަނގަޅަށް ފެނިގެން ދެއެވެ.
އޭނާގެ މި ރެކޯޑްގެ ބޭނުމަކީ، މުސްތަގުބަލުގައި އަންނަ ޖީލުތައް ކިޔުންތެރިކަމަށް ލޯބި ޖެއްސުން ކަމަށް ވީޑިއޯގައި ބުނެފައި ވެއެވެ. ދިލީފް ހެދި މާކަރުގެ ދޯރި ޖެހިގައި ވަނީ ވެސް ދެ މީހުން ހިފައިގެންނެވެ.
ދުނިޔޭގެ ރެކޯޓް ފޮތުން ޖާގަ ހޯދުމަށްޓަކައި ބައެއް މީހުން އަމިއްލަ ހަށިގަނޑަށް އެކި ބަދަލުތައް ވެސް ގެނެސްފައި އެބަ ހުއްޓެވެ. އެގޮތުން 'އޭލިއަން' ސިފަ ޖެހެން ހަށިގަނޑުގެ އެކި ބައިތައް ނަގައި، އޮފްރޭޝަން ވެސް ކޮށްފައި އެބަ ހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް