އަލްޖަޒީރާގެ ނޫސްވެރިއަކު ހަތަރު އަހަރަށްވުރެ ގިނަ ދުވަހަށް ފަހުން ޖަލުން މިނިވަން ވެއްޖެއެވެ. މި ނޫސްވެރިޔާ އަކީ މަހްމޫދް ހުސައިން ނަމަކަށް ކިޔާ އިޖިޕްޓް މީހެކެވެ. އޭނާ ބަންދުކޮށްފައި ވަނީ އިޖިޕްޓްގެ ޖަލުގައެވެ.
54 އަހަރުގެ މަހްމޫދު ހައްޔަރު ކޮށްފައި ވަނީ 2016 ޑިސެމްބަރ 23 ވަނަ ދުވަހު އޭނާގެ އާއިލާއާ ބައްދަލުކުރަން ދިޔަތަނުންނެވެ.
އަލްޖަޒީރާއިން ބުނާ ގޮތުގައި 1400 ދުވަހު މަހްމޫދު ޖަލުގައި ބަހައްޓާފައި ވެއެވެ. ނުވަ ކުދިންގެ ބައްޕައެއް ކަމަށް ވާ މަހްމޫދު ޖަލުގައި ބަންދުކޮށްފައި ހުރި އިރު ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ގެއްލުން ވެފައި ވެއެވެ.
މަހްމޫދު ދޫކޮށްލި ދުވަހު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނުހައްގުން ޖަލަށް ލާފައިވާ ނޫސްވެރިން މިނިވަން ކުރަން އަލްޖަޒީރާއިން ގޮވާލިއެވެ.
އަލްޖަޒީރާއިން މިކަމުގައި އުފާ ފާޅުކުރާއިރު، ނޫސްވެރިކަަމަކީ ކުށެއް ނޫން ކަމާއި، މަހްމޫދަކީ ދުނިޔޭގެ 'ޕްރެސް ފްރީޑަމް ސިމްބަލް' ކަމަށް އެމީހުން ނެރުނު ސްޓޭޓްމަންޓް އެއްގައި ވެއެވެ.
އިޖިޕްޓްގެ ކަމާބެހޭ އިދާރާތަކުން މިކަމުގައި ރަސްމީ ސިފައެއްގައި ބައެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް