މި މަހުގެ ތިންވަނަ ދުވަހު މެދުކަނޑާލާފައިވާ ދިރާގު ދިވެހި ޕްރިމިއާ ލީގު އަލުން ފަށަން ހުއްދަ ދެވެންނެތް ކަމަށް ރޭގެ ޕްރެސް ކޮންފަރެންސްގައި ޑރ. އަލީ ލަތީފް ވިދާޅުވެއްޖެ އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުޖަނޑާލީ، ކޮވިޑް-19 ގެ ކޭސްތައް އަނެއްކާ ވެސް ގިނަވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
"ތި ވިދާޅުވާހެން ގައުމީ މުބާރާތްތަކާ އެއްޗެއްސަށް އަޅުގަނޑުމެން ބަލާނަން ކިހާ ވަރަކަށް އެކަން ކުރެވޭތޯ (ހުއްދަ ދެވޭތޯ). އެކަމަކު މިހާރު އެއްގޮތަކަށް ވެސް ދަންނަވާކަށް ނޭނގެ އެ ބޭފުޅުންނަށް ހުއްދަ ދެވޭނެ ކަމެއް،" ޑރ. އަލީ ލަތީފް ވިދާޅުވެފައި ވެއެވެ.
ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ މަގު ބަންދުކުރުމަކީ، ކްލަބްތަކަށް ފޫ ނުބެއްދޭނެ ގެއްލުމެއް ލިބޭނެ ކަމެއް ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން މި މަހު ހަތް ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެއެވެ.
ކޮވިޑްގެ ކޭސްތައް އިތުރުވުގާ ގުޅިގެން، އެޗްޕީއޭގެ ފިޔަވަޅުތަކުގެ ސަބަބުން ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓާލަން ޖެހުމަކީ ކްލަބުތަކަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށް އެ ކްލަބުން ނެރެފައިވާ ނޫސް ބަޔާނެއްގައި ވެއެވެ.
ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މާރޗް މަހުގެ 30 ވަނަ ދުވަހު މާލޭގައި ރާއްޖޭގެ ގައުމީ ޓީމުން ސީރިއާއާ ދެކޮޅަށް މެޗެއް ކުޅުމަށް ޝެޑިއުލް ކޮށްފައި ވެއެވެ ނަމަވެސ ލީގު މެދުކަނޑާލާފައި އޮތުމުން އެ މެޗަށް ތައްޔާރުވާން ގައުމީ ޓީމުގެ ކުޅުންތެރިންނަށް އަސަރުކުރާނެ ކަމަށް ގައުމީ ކޯޗު މާޓިން ކޫޕްމަން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް