ތިރީގައި އެވަނީ ބޮލުން ހަންފޮޅޭތީ ކުރެވިދާނެ ފަރުވާތަކެވެ.
އެޕަލް ސައިޑް ވިނެގާ
އެޕަލް ސައިޑް ވިނެގާ އަކީ ބޮލުން ހަންފޮޅުން ހުއްޓުވުމަށް ވަރަށް ރަނގަޅު އެއްޗެކެވެ. އެގޮތުން ފެނާ އެއްވަރަށް ވިނެގާ އެޅުމަށްފަހު އިރުކޮޅަކު ބަހައްޓާލާނީއެވެ. އަދި ޝޭމްޕޫ ލައިގެން އިސްތަށިގަނޑު ދޮވެ ނިމުމުން އިސްތަށިގަނޑު ނުހިއްކާ ތައްޔާރުކުރި ވިނެގާ ލައިގެން ބޯ މަސާޖުކޮށްލާށެވެ. އަދި 15 މިނިޓު ބެހެއްޓުމަށްހު ދޮވެލާށެވެ.
ގްރީން ޓީ އަދި ޕެޕާ މިންޓް އޮއިލް
މިއީވެސް ބޮލުގައި ހަންފޮޅުން ހުއްޓުވައިދޭ ބާވަތެކެވެ. އެގޮތުން ގްރީން ޓީ އާއި ވިނެގާ އަދި ޕެޕާ މިންޓް އޮއިލް ކޮޅެއް އެއްކޮށްލުމަށް ފަހުގައި ބޮލުގައި 5 މިނެޓްވަންދެން ހާކަމުން މަސާޖުކުރާނިއެވެ. އެއަށްފަހު ދޮވެލާނީއެވެ.
އެލޮވިރާ
މިއީވެސް ބޮލުގައި ހަންފޮޅުމަށާއި އަދި ހަމުގެ ތަފާތު މައްސަލަތައް ހައްލުކޮށްދޭ ބާވަތެކެވެ. އެގޮތުން އެލޮވިރާ ފަތެއް ފަޅާލުމަށްފަހު ސަމްސަލަކުން އޭގައިވާ ޖެލްކޮޅު ކަހާލުމަށްފަހު ބޮލުގައި ހާކާށެވެ. އެއަށްފަހު 30 މިނިޓު ނުވަތަ އެއް ގަޑިއިރުވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ.
ކާށި ތެޔޮ
ރޭގަނޑު ނިދުމުގެ ކުރިން ކާށިތެޔޮ ލައިގެން ބޮލުގެ ހަންގަނޑު އެއްކޮށް މަސާޖު ކުރުމަށްފަހު ހެނދުނު ދޮވެލާށެވެ.
ލިނބޯ ހުތް
ލިނބޯގައި ހިމެނޭ އެސިޑްގެ ބާވަތަކުން ޑޭންޑްރަފްގައި ހުންނަ ފަންގަސްތައް ނެތިކޮށްލައެވެ. އެގޮތުން ލިނބޯއެއްގެ ހުތް ފެލުމަށްފަހު ތައްޓެއްގެ ފެނަށް އެ އެއްކުރުމަށްފަހު އެ ފެނުން ބޯ ދޮންނާށެވެ.
އޮރެންޖް ތޮށި
އޮރެންޖަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން އޭ އަދި ސީ ގެ އިތުރުން މެގްނީޒިއަމްވެސް އޭގައި ހިމެނޭ ބާވަތެކެވެ. އެގޮތުން އޮރެންޖް ތޮށި ނެގުމަށްފަހު ލިނބޯހުތް އެއަށް ފެލައި މިކްސަރުން މުގުރާލާށެވެ. އަދި އެ ޕޭސްޓް ގަނޑު ބޮލުގެ ހަންގަޑުގައި ހާކައި 30 މިނިޓު ބެހެއްޓުމަށްފަހު ދޮވެލާށެވެ.
ބޭކިންގް ސޯޑާ
ބޭކިންގް ސޯޑާއަކީވެސް އެންޓި ފަންގަސް ހިމެނޭ ބާވަތެކެވެ. އެގޮތުން އިސްތަށިގަނޑު ތެއްކޮށް ހުއްޓައި ބޭކިންސޯޑާ އެޅުމަށްފަހު 2 މިނިޓް ވަންދެން މަސާޖުކޮށްލާނީއެވެ. އެއަށްފަހު ދޮވެލާނީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް