ކައިވެނީގެ ގޮށް ޖެހުމަށްފަހުގައިވެސް އެކްސް ނުވަތަ ކުރީގެ ލޯބިވެރިޔާ ނުވަތަ ވަރިކުރިފުޅަށް ގުޅައިގެން ވާހަކަ ދެއްކުމާއި އެކީ ކޮފީތަކަށް ދިޔުމާއި އަދި މިނޫނަސް ގާތް ގުޅުންތައް ބޭއްވުން ބައެއް މީހުންނަށް މިއީ ވަރަށް ކުޑަ ކަމެކެވެ. މިކަން މިހެން ދިމާވަނީ ސަބަބުތަކެއް ނެތި އެއްވެސް ނޫނެވެ. ދިރިއުޅުމުގައި ކިތަންމެ ކުޑަ ކަމެއް ދިމާވިޔަސް އެކްސް ކައިރިއަށް ދެވޭ ސަބަބުތަކަށް ބަލައިލަމާ ހިނގާށެވެ.
އަމިއްލަ ނަފުސަށް އިތުބާރު ނުކުރެވުން
ދިރާސާތަކުން ދައްކާގޮތުގައި ދެރަ ކަމެއް ދިމާވުމުން ނުވަތަ އެކުގައި އުޅޭ ގާތް މީހަކު ދިޔުމުން އެ ލިބޭ ދެރައަށް ކެއްކޮށް އަމިއްލައަށް އެކަމުން އަރައިގަނެވޭނީ އަމިއްލަ ނަފުސަށް ވަރުގަދަ އިތުބާރެއް އޮތް މީހަކަށެވެ. އެހެން ކަމުން އަމިއްލަ އަށް ކަންކަމުގެ ހައްލު ނު ހޯދޭނަމަ ގިނަ ފަހަރަށް އެހީއަކަށް އެދި ނުވަތަ ހިތާމަތައް ފިލުވުމަށްޓަކައި އެކްސް ކައިރިއަށް ދާން ޖެހެއެވެ.
އެކަނިވެރިވެދާނެތީ ބިރުން
ބައިވެރިޔާ ދޫކޮށްފައި ދިޔުމުން ދެން އެހެން މީހަކު ދެކެ އެފަދަ ލޮތްބެއް ނުވެވޭނެކަމަށް ދެކި އަދި ދެން އެފަދަ މީހަކާ ދިމާނުވެދާނެތީ ބައެއް މީހުން ވަރަށް ބިރުގަނެއެވެ. އެހެން ކަމުން އެކަނިވެރި ވެދާނެކަމުގެ ބިރަށް އަނެއްކާވެސް ކުރީގެ ބައިވެރިޔާއަށް ގުޅައި ގުޅުން ބަދަހިކުރެއެވެ.
މާ ބޮޑަށް ލޯބިވެވިފަ ކަމަށް ހީކުރުން
ދިރާސާތަކުން ދައްކާގޮތުގައި ބައެއް މީހުން ދެކެނީ ފުރަތަމަ ބައިވެރިޔާ ދެކެ އެ ވެވޭ ލޮތްބާ ދެން ދުރަކަށް ނުދެވޭނެކަމަށެވެ. އެހެން ނަމަވެސް ލޮތްބަކީވެސް އަމިއްލައަށް އުފެއްދޭ ޖަޒުބާތަކަށް ވުމުން އެ ގުޅުން ނިމުމުން ލޯބިވެސް ނިންމާލަން ޖެހޭ ކަމުގައެވެ. އަދި އައު ބައިވެރިޔާއަށް ލޯބިދޭން ޖެހޭކަމަށެވެ. އެގޮތުން ބައެއް މީހުން ލޯބިވެރިޔާ ގެއްލުމުން އަމިއްލަ ހަށިގަނޑަށް ގެއްލުންދީ މިފަދަ ކަންތައްތައް ކުރުން އެއީ ލޯބި ނޫންކަމުގައިވެސް މިފަދަ ދިރާސާތަކުގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް