18 އަހަރުން މަތީގެ ހައި ރިކްސް މީހުންނަށް ވެކްސިން ދޭން ފަށައިފި

އުމުރުން 18 އަހަރުން މަތީގެ ހަައި ރިސްކް ކެޓަގަރީގެ މީހުންނަށް ކޯވިޑް-19 ވެކްސިން ދޭން ފަށައިފި އެވެ. އެޗްޕީއޭގެ އިން ބުނީ މިއަދުން ފެށިގެން 18 އަހަރާއި 55 އަހަރާއި ދެމެދު މީހުންގެ ތެރެއިން މާލެ ސަރަހ...

13 Feb 2021 | 05:45

އުމުރުން 18 އަހަރުން މަތީގެ ހަައި ރިސްކް ކެޓަގަރީގެ މީހުންނަށް ކޯވިޑް-19 ވެކްސިން ދޭން ފަށައިފި އެވެ.

އެޗްޕީއޭގެ އިން ބުނީ މިއަދުން ފެށިގެން 18 އަހަރާއި 55 އަހަރާއި ދެމެދު މީހުންގެ ތެރެއިން މާލެ ސަރަހައްދުގައި ދިރިއުޅޭ ހައި ރިސްކް ކެޓަގަރީގެ މީހުންނަށް ކޯވިޑް ވެކްސިން ދެމުންދާނެ ކަމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް 55 އަހަރުން މަތީގެ މީހުންނަށް ކޯވިޑް ވެކްސިން ދެމުންދާނެ ކަމަށް ބުނެއެވެ.

ހައި ރިސްކު ކެޓަގަރީގެ ގޮތުގައި ބަލަނީ ދިގު މުއްދަތަކަށް ފަރުވާ ކުރަން ޖެހޭ ބަލިތައް ޖެހިފައިވާ މީހުންނެވެ. އެފަދަ ބަލިތައް ޖެހިފައިިވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަކީ މި ބަލީގައި އެންމެ ފަސޭހައިން ނުރައްކާތެރި ހާލަތަކަށް ދާ މީހުންނެވެ.

އެޗްޕީއޭއިން ބުނީ ހައި ރިސްކު ކެޓަގަރީގެ މީހުން ޕޯޓަލްގައި ރެޖިސްޓްރީ ނުކުރާނަމަ އައިޑިކާޑާއި ފަރުވާ ކުރާ ކަމުގެ ލިޔެކިޔުންތައް ހިފައިން ހުޅުމާލޭ ވެކްސިން ސެންޓަރު، ވިލިމާލޭ ވެކްސިން ސެންޓަރު، އިސްލާމީ މަރުކަޒުގައި ހުރި ވެކްސިން ސެންޓަރު އަދި މާލޭ ސޯޝަލް ސެންޓަރުގައި ހުރި ވެކްސިން ސެންޓަރަށް ދިޔުމުން ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ.

މިހާތަނަށް ރާއްޖޭގައި 27،000 އަށްވުރެ ގިނަ މީހުންނަށް ކޯވިޑް ވެކްސިން ދީފައިވެ އެވެ. އަދި 95 ސެންޓަރެއްގައި ދަނީ ކޯވިޑް ވެކްސިން ޖަހައިދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް