ދުވާލު ގިނަ އިރު ނިދާ ކުޑަކުދިންގެ ވިސްނުންތޫނު ވާނެ

ދުވާލު އަވަސް އަވަހަށް ނިދާ ނުވަތަ ގިނަ އިރު ނިދާ ކުޑަކުދިންގެ ވިސްނުން ތޫނުވާނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ. އެމެރިކާގެ ޔުނިވާސިޓީ އޮފް އެރިޒޯނާއިން ކުރި ދިރާސާއެއްގައި ބުނެފައިވަނީ ދުވާލު އަ...

13 Feb 2017 | 04:25

ދުވާލު އަވަސް އަވަހަށް ނިދާ ނުވަތަ ގިނަ އިރު ނިދާ ކުޑަކުދިންގެ ވިސްނުން ތޫނުވާނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް އެރިޒޯނާއިން ކުރި ދިރާސާއެއްގައި ބުނެފައިވަނީ ދުވާލު އަވަސް އަވަހަށް ނިދާކުދިންނަށް ދަސްވެފައި ހުންނަ ބަސްތަކާއި ކަންކަން ހަނދާން ހުންނަ ވަރު ބޮޑު ކަމަށެވެ. އަދި ފަސް ގަޑި އިރަށް ވުރެ ގިނަ އިރު ހޭލާ ހުރެފަ ނިދާ ކުދިންގެ ބަހުގެ ހުނަރު ދަށްވާނެ ކަމަށެވެ.

މި ދިރާސާ ކުރުމަށް އުމުރުން ތިން އަހަރުގެ 39 ކުއްޖަކު ދެ ގްރޫޕަށް ބަހާލި އެވެ. އެއީ އަވަސް އަވަހަށް ނިދާ ކުދިންނާއި ގިނަ އިރު ހޭލާ އުޅޭ ކުދިން ނެވެ.

ދިރާސާ ކުރި ފަރާތުން ބުނެފައިވަނީ ދުވާލު ގަޑީގައި އަރާމު މަޑު ނިންޖެއްގައި ގިނަ އިރު ނިދުމުން ކުދިންގެ ސިކުނޑި ތާޒާވެ، ކަންތައްތައް ހަނދާންވުމުގެ ބައިގެ ހިނގުން ރަނގަޅުވެ އަދި ކުރިން ހިނގާފައި ވާ ކަންކަމުގެ ހަނދާން އާވާ ކަމަށެވެ.

އާންމުކޮށް ޕްރީ ސްކޫލް އުމުރުފުރާގެ ކުދިން 24 ގަޑިއިރު ތެރޭގައި 12 ގަޑިއިރު ނިދަން ޖެހޭނެ އެވެ. އެއީ މުޅި ރޭގަނޑު ނިދައިގެން ކަމަށްވިޔަސް ނުވަތަ ދުވާލާއި ރޭގަނޑުގައި ކަމަށް ވިޔަސް ރަނގަޅުވާނެ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް