ކެނެޑާގެ ސަރުކާރުގެ ކެބިނެޓަށް އެގައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ، މިދިޔަ އަންގާރަ ދުވަހު ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވާފަ އެވެ. ބައެއް މަގާމުތަކަށް އައު ބޭފުޅުން އައްޔަން ކުރައްވާފަ އެވެ. ކެބިނެޓަށް ގެނައި ބަދަލުގެ ތެރެއިން އެއްމެ ބޮޑު އަދި އެއްމެ ތަފާތު ބަދަލަކީ އެގައުމުގެ އިމިގްރޭޝަން މިނިސްޓަރު ކަމަށް ސޯމާލިއާއިން ރެފިއުޖީއެއްގެ ގޮތުގައި އެގައުމަށް ހިޖުރަކޮށްފައިވާ ފަރާތަކަށް އެގައުމުގެ އިމިގްރޭޝަން މިނިސްޓަރު ކަން ދިނުމެވެ.
ކެނެޑާގެ މިނިސްޓަރ އޮފް އިމިގްރޭޝަން، ރެފިއުޖީ އެންޑް ސިޓިޒަންޝިޕްގެ މަގާމަށް ޓްރޫޑޯ އައްޔަނުކުރައްވާފައިވަނީ 1993 ގައި ސޯމާލިޔާގެ ދާހިލީ ހަނގުރާމައިން ސަލާމަތްވުމަށް ކެނެޑާއަށް ރެފިއުޖީއެއްގެ ގޮތުގައި ހިޖުރަކުރި އަހުމަދު ހުސެއިން އަށެވެ.
އަހުމަދު ހުސެއިން މިނިސްޓަރު ކަމުގެ ހުވާ ކުރައްވާފައިވާއިރު އޭނާ ކެނެޑާއަށް ހިޖުރަކުރި އިރު އޭނާގެ އުމުރަކީ އެއްމެ 16 އަހަރެވެ. މިހާރު އޭނާ އަކީ ކެނެޑާގެ ރައްޔިތެކެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އަހުމަދު ވިދާޅުވެފައިވަނީ ކެނެޑާއަކީ ރެފިއުޖީންނަށް މަރުހަބާ ކިޔުމުގައި ތަފާތު ތާރީހެއް އޮތް ގައުމެއް ކަމަށާއި އެފަދަ މަގާމެއް ލިބުމުން އެކަމާ ފަހުރުވެރިވެ އިންތިހާއަށް އުފާ ކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް