ލައިވް ސްޓްރީމް ކޮށްގެން ފައިސާ ހޯދޭނެ ހިދުމަތެއް ޔޫޓިއުބުން ތައާރަފް ކޮށްފި އެވެ. މި ހިދުމަތަށް ދީފައިވާނަމަކީ "ސުޕަރ ޗެޓް" އެވެ.
މި ހިދުމަތް މެދުވެރިކޮށް ލައިވް ސްޓްރީމް ކުރަމުންދާއިރު ކޮމެންޓް ބޮކްސް ކައިރީގައި "ޑޮލަރު" ބަޓަން އެއް އިންނާނެ އެވެ. އަދި އެ ބަޓަން އަށް ފިތާލުމުން ވީޑިއޯ ސްޓްރީމް ކުރާ ފަރާތަށް ފައިސާ ދިނުމުގެ ފުރުސަތު ކޮމެންޓް ކުރާ ފަރާތަށް ލިބިގެން ދެ އެވެ. މިއީ ފަންޑް ރެއިޒިން ކަންކަމުގައި ފަސޭހައިން ބޭނުން ކޮށްލެވިދާނެ ބޭނުންތެރި ހިދުމަތެއްކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
ޔޫޓިއުބުން ހާމަކޮށްފައިވާގޮތުގައި މި ހިދުމަތަކީ 18 އަހަރުން މަތީގެ މީހުން ބޭނުންކުރަން ދޫކޮށްފައިވާ ހިދުމަތެކެވެ. މާނައަކީ މި ހިދުމަތް ބޭނުންކުރާ މީހެއް ނަމަ އަމިއްލަ ކްރެޑިޓް ކާޑެއް ގެންގުޅެން ޖެހޭނެ ކަމެވެ.
މި ހިދުމަތުގެ އަދި ތައާރަފް ކޮށްފައިވަނީ ބޭޓާ ވާސަން އެކެވެ. މުޅި ދުނިޔެއަށް ރަސްމީކޮށް މި ހިދުމަތް ދޫކޮށްލަން ނިންމާފައިވަނީ މި މަހުގެ 31 ވަނަ ދުވަހުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް