ދިމިސްގުގައި މީހަކު ޖާނުންފިދާވެ ދިން ވަރުގަދަ ހަމަލާއެއްގައި ހަތް މީހަކު މަރާލައިފި

ސީރިޔާގެ ވެރިރަށް ދިމިސްގުގައި މީހަކު ޖާނުން ފިދާވެ ދިން ބޮމުގެ ވަރުގަދަ ހަމަލާއެއްގައި ހަތް މީހަކު މަރާލައިފި އެވެ. ސީރިޔާ ސިފައިންނާއި ހަވާލާދީ އެގައުމުގެ ގައުމީ ޓީވީން ބުނެފައިވަނީ ދިމިސްގުގެ ކަފްރ...

13 Jan 2017 | 03:23

ސީރިޔާގެ ވެރިރަށް ދިމިސްގުގައި މީހަކު ޖާނުން ފިދާވެ ދިން ބޮމުގެ ވަރުގަދަ ހަމަލާއެއްގައި ހަތް މީހަކު މަރާލައިފި އެވެ.

ސީރިޔާ ސިފައިންނާއި ހަވާލާދީ އެގައުމުގެ ގައުމީ ޓީވީން ބުނެފައިވަނީ ދިމިސްގުގެ ކަފްރު ސޯސާ ނެއިބަރހުޑްގައި ދިން އެ ހަމަލާއަކީ މީހަކު އަމިއްލަ ގައިގާ ބޮން ހަރުކޮށްގެން ގޮސް ޖާނު ގޮއްވާލައިގެން ދިން ހަމަލާއެއް ކަމަށެވެ. އަދި ހަމަލާ ދިން ސަރަހައްދަކީ ސީރިޔާގެ ސަލާމަތީ މައި އިދާރާތައް ހުންނަ ސަރަހައްދުކަންވެސް ސީރިޔާގެ ގައުމީ ޓީވީން ފާހަގަކޮށްފައި ވެ އެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވި ނަމަވެސް ސީރިޔާގައި ދެވޭ މިފަދަ ހަމަލާތަކުގެ ޒިންމާ އާއްމުގޮތެއްގައި އުފުލަނީ އައިއެސް ޖަމާއަތުންނެވެ.

ސީރިޔާގެ ދާހިލީ ހަނގުރާމައަށް ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު މި ހަނގުރާމައިގެ ކަންކަން ގާތުން ބަލަމުން އަންނަ ދަ ސީރިއަން ރައިޓްސް ފޮރ ހިއުމަން ރައިޓްސް ޖަމިއްޔާއިން ހާމަކޮށްފައިވާގޮތުގައި މި ހަމަލާގައި މަރުވި މީހުން އަދަދަކީ ހަތެއް ނަމަވެސް ހަމަލާގައި ޒަހަމްވެފައިޥާ ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށްބަލާއިރު މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް