ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޖީ.އެސް.ޓީ އާއި ބިމުގެ ފީގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވެ، މާލީ ޙާލަތަށް ބޮޑު ކުރިއެރުމެއް

މުސާރަ ހަމަހަމަކުރުމާއި، އާންމު އިންވެސްޓްމަންޓްތަކާއި، ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ އިތުރުވުމާއި، ޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުންދާ ކަމަށް މާލ...

12 Dec 2025 | 17:13
N/A

N/A

މުސާރަ

ހަމަހަމަކުރުމާއި، އާންމު އިންވެސްޓްމަންޓްތަކާއި، ޓެކްސް އަދި ޓެކްސް ނޫން

އާމްދަނީ އިތުރުވުމާއި، ޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުގެ ސަބަބުން ދައުލަތުގެ

މާލީ ހާލަތު ރަނގަޅުވަމުންދާ ކަމަށް މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ

ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.

4

ޑިސެމްބަރ 2025 ވަނަ ދުވަހާ ހަމައަށް އެކުލަވާލާފައިވާ ވީކްލީ ފިސްކަލް

ޑިވެލޮޕްމަންޓްސް ރިޕޯޓަށް ބަލާއިރު، ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި

35.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި

ލިބުނު 32.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.6 އިންސައްތައިގެ އިތުރުވުމެކެވެ.

ހަމަ އެ މުއްދަތުގައި، ޖުމްލަ ޚަރަދު 12.5 އިންސައްތަ ކުޑަވެ، 2024 ވަނަ އަހަރުގެ

42.8 ބިލިއަން ރުފިޔާއިން 37.4 ބިލިއަން ރުފިޔާއަށް ދަށްވެފައިވެއެވެ.

ނަތީޖާއެއްގެ ގޮތުން، ޖުމްލަ ޑެފިސިޓް 2024 ވަނަ އަހަރުގެ 10.4 ބިލިއަން

ރުފިޔާއިން 2025 ވަނަ އަހަރު 1.7 ބިލިއަން ރުފިޔާއަށް ކުޑަވެފައިވެއެވެ. މިއީ 84.1

އިންސައްތައިގެ ކުޑަވުމެކެވެ.

ޓެކްސް

އާމްދަނީ 9.3 އިންސައްތަ އިތުރުވެ، 26.8 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މީގެ

މައިގަނޑު ސަބަބަކީ މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި ލިބޭ

އާމްދަނީ އިތުރުވެފައިވުމެވެ. ޖުމްލަ ޖީ.އެސް.ޓީގެ އާމްދަނީ 11.9 އިންސައްތަ

އިތުރުވެ، 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 13.2 ބިލިއަން ރުފިޔާއިން

14.8 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މީގެ ތެރެއިން، ޓޫރިޒަމް ޖީ.އެސް.ޓީ (ޓީ.ޖީ.އެސް.ޓީ)

13.9 އިންސައްތަ އިތުރުވެ، 8.6 ބިލިއަން ރުފިޔާއިން 9.8 ބިލިއަން ރުފިޔާއަށް

އަރާފައިވާއިރު، ޖުމްލަ ޖީ.އެސް.ޓީގެ ތިންބައިކުޅަ ދެބައި ހިއްސާކުރަނީ ޓީ.ޖީ.އެސް.ޓީއެވެ.

މިއީ މިއަހަރުގެ ޖުލައި މަހުން ފެށިގެން ޓީ.ޖީ،އެސް،ޓީގެ ރޭޓު 16 އިންސައްތައިން

17 އިންސައްތައަށް މަތިކުރުމުންނާއި، ފަތުރުވެރިކަމާ ގުޅުންހުރި ހަރަކާތްތައް

ފުޅާވެފައިވާތީ ލިބިފައިވާ ކުރިއެރުމެކެވެ. ޖެނެރަލް ޖީ.އެސް.ޓީ 8.2 އިންސައްތަ

އިތުރުވެ، 4.6 ބިލިއަން ރުފިޔާއިން 5.0 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

ޓެކްސް

ނޫން އާމްދަނީ 19.7 އިންސައްތަ އިތުރުވެ، މިދިޔަ އަހަރު ހުރި 7.3 ބިލިއަން

ރުފިޔާއިން 8.7 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މި ކުރިއެރުމުގެ މައިގަނޑު

ސަބަބަކީ ހަރުމުދަލުގެ އާމްދަނީ އިތުރުވެފައިވުމެވެ. ބިން ވިއްކުމާއި

ބަދަލުކުރުމުގެ ފީ ނުވަތަ ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީ 27.7

އިންސައްތަ އިތުރުވެ، މިދިޔަ އަހަރުގެ 437.2 މިލިއަން ރުފިޔާއިން 2025 ވަނަ އަހަރު

558.3 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މީގެ އިތުރުން، އެއަރޕޯޓް

ތަރައްގީކުރުމަށް ނެގޭ ފީ އިން ލިބިފައިވާ އާމްދަނީ މިދިޔަ އަހަރާ އަޅައިބަލާއިރު

64.3 އިންސައްތަ އިތުރުވެ، 1.8 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މި ފީގެ

ގޮތުގައި ލިބޭ ބޭރު ފައިސާގެ އާމްދަނީ ރައްކާކުރަނީ ދަރަނި އަދާކުރުމަށް

އުފައްދާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައެވެ.

ޚަރަދުގެ

ބަޔަށް ބަލާއިރު، 1 ނޮވެމްބަރ 2025 ގައި ތަންފީޒުކުރަން ފެށި ސަރުކާރުގެ ޕޭ

ހާމަނައިޒްކުރުމުގެ ސިޔާސަތުގެ އަސަރު ރިކަރަންޓް ޚަރަދުގެ ބައިން ފެންނަން

ފަށާފައިވެއެވެ. ޖުމްލަ މުސާރައާއި، އުޖޫރައާއި، ޕެންޝަން 7.1 އިންސައްތަ

އިތުރުވެ، 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ހުރި 12.5 ބިލިއަން ރުފިޔާއިން 13.4

ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މުވައްޒަފުންނާ ގުޅުންހުރި ޚަރަދުތައް

އިތުރުވެފައިވީ ނަމަވެސް، ބަޖެޓްގެ ޖުމްލަ ޚަރަދު މިދިޔަ އަހަރަށްވުރެ ދަށްކޮށް

ހުރިކަން ފާހަގަކުރެވެއެވެ.

މީގެ

އިތުރުން، 2025 ވަނަ އަހަރުގެ މިހާތަނަށް ލޯނު އަނބުރާ ދައްކާފައިވާ މިންވަރު

މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނައަށްވުރެ އިތުރުވެފައިވެއެވެ.

އެގޮތުން، 118.9 އިންސައްތަ އިތުރުވެ، 2024 ވަނަ އަހަރުގެ 2.3 ބިލިއަން ރުފިޔާއިން

5.0 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މީގެ ތެރޭގައި، ފާއިތުވި ހަފްތާއާ

އަޅާބަލާއިރު، ރާއްޖޭގެ މާލީ ބާޒާރުގައި އިޝޫކޮށްފައި ހުރި ދަރަނި އަނބުރާ ދެއްކުމަށް

422.1 މިލިއަން ރުފިޔާ އިތުރުވެފައިވެއެވެ.

ޕަބްލިކް

ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ހަރަދުތައް ހަރުދަނާ

ގޮތެއްގައި ބެލެހެއްޓެމުންދާކަން ފާހަގަކުރެވެއެވެ. ޖުމްލަ ޕީ.އެސް.އައި.ޕީ ޚަރަދުތައް

7.2 ބިލިއަން ރުފިޔާގައި ހުރިއިރު، 2024 ވަނަ އަހަރުގެ އެމުއްދަތުގައި އެޚަރަދު

ހުރީ 10.2 ބިލިއަން ރުފިޔާއެވެ. ސިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރެވުނު

އިންވެސްޓްމަންޓް ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން، ސިއްޙީ

ދާއިރާގައި ޕީ.އެސް.އައި.ޕީ ހަރަދުތައް ވަނީ މިދިޔަ އަހަރުގެ އެމުއްދަތަށްވުރެ 2.9

އިންސައްތަ އިތުރުވެ، 2024 ވަނަ އަހަރުގެ 111.5 މިލިއަން ރުފިޔާއިން 2025 ވަނަ

އަހަރު 432.3 މިލިއަން ރުފިޔާއަށް އަރާފައެވެ. އެއާއެކު، ދަތުރުފަތުރުގެ

ދާއިރާގައި ޕީ.އެސް.އައި.ޕީ އިންވެސްޓްމަންޓްތައް ހުރީ މިދިޔަ އަހަރުގެ އެމުއްދަތާ

އަޅާބަލާއިރު ދާދި އެއް މިންވަރެއްގައެވެ.

މި

ހަރަދުތަކުގެ އިތުރުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އަށް

ޖަމާކުރެވުނު ފައިސާ ވެސް ވަނީ އިތުރުވެފައެވެ. އެސް.ޑީ.އެފް އަށް ޖަމާކުރެވުނު

ޖުމްލަ ފައިސާ 2.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ

އެމުއްދަތުގައި ހުރި 1.3 ބިލިއަން ރުފިޔާއަށް ވުރެ 87.9 އިންސައްތަ އިތުރު

އަދަދެކެވެ. މިއީ ކުރިއަށްދާ އިންވެސްޓްމަންޓްތަކާއި އިޞްލާޙީ މަސައްކަތްތަކުގެ

އިތުރުން، ދައުލަތުގެ މާލީ ރިޒާވްތައް ބިނާކުރުމަށް ސަރުކާރުން ދޭ އިސްކަން

ދައްކުވައިދޭ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް