ރާއްޖެއިން އިތުރު 22 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ޢާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ޕޮޒިޓިވް ވި 22 މީހުންނާއެކު، ރާއްޖެއިން މިހައިތަނަށް ވަނީ 13،348 މީހުންނަށް ކޮވިޑް ޖެހިފަ އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކާގޮތުގައި އެންމެފަހުން ރާއްޖެއިން ޕޮޒިޓިވްވީ މާލެ ސަރަހައްދުން 15 މީހަކާއި އަތޮޅުތެރެއިން ހަތަރު މީހަކާއި ރިސޯޓްތަކުން ތިން މީހެކެވެ.
މިއަދު ޕޮޒިޓިވްވި ދިވެހީންނާއި ބިދޭސީންގެ އަދަދެއް އެޗްޕީއޭ އިން ހާމައެއް ނުކުރެ އެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން އިތުރު 19 މީހުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރަނގަޅުވެފައިވާ އިރު، ރާއްޖެއިން މިހާރުވަނީ 12،659 މީހުން ކޮވިޑުން ރަނގަޅުވެފަ އެވެ.
634 މީހުނނަށޒްް ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން އަންނަ އިރު، ހޮސްޕިޓަލުތަކުގައި 61 މީހަކު އެބަ ތިއްބެވެ
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 48 މީހަކު ވަނީ މަރުވެފައެވެ. އެއީ 41 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް