އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެންޖް 2020: ލ.އަތޮޅު ފުޓްސަލް ތަރިންގެ މުބާރާތެއް

ރާއްޖޭގައި ފުޓްސަލްގެ ފޯރި އިންތިހާއަށް ގަދަވެއްޖެއެވެ. ފޯރިއާއި އެކު ފުޓްސަލް މުބާރާތްތައް ރާއްޖޭގެ އެކި ކަންކޮޅުގައި ބާއްވަމުން އާދެއެވެ. އެގޮތުން މި ލިޔުމުގައި އަލި އަޅުވާލާނީ ފުޓްސަލްގެ ފޯރި އެންމ...

12 Dec 2020 | 15:57

ރާއްޖޭގައި ފުޓްސަލްގެ ފޯރި އިންތިހާއަށް ގަދަވެއްޖެއެވެ. ފޯރިއާއި އެކު ފުޓްސަލް މުބާރާތްތައް ރާއްޖޭގެ އެކި ކަންކޮޅުގައި ބާއްވަމުން އާދެއެވެ. އެގޮތުން މި ލިޔުމުގައި އަލި އަޅުވާލާނީ ފުޓްސަލްގެ ފޯރި އެންމެ ގަދަ އެއް އަތޮޅު ކަމުގައި ވާ ލާމު އަތޮޅު މާވަށުގައި މިމަހުގެ 15 ވަނަ ދުވަހު ފަށާ އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެނެޖް އަށެވެ.

މި މުބާރާތަކީ ރާއްްޖޭގެ ނިސްބަތުންވެސް ބޮޑު މުބާރާތެކެވެ. މުޅި އަތޮޅަށް ހުޅުވާލައިގެން ބޭއްވުމަށް ތައްޔާރުވަމުން އަންނަ މި މުބާރާތަކީ ވެސް ފޯރި ގަދަ މުބާރާތަކަށް ވާނެ ކަން ހަމަ ޔަގީނެވެ. މި މުބާރާތް ފޯރިގަދަވާނެ އެންމެ ބޮޑު އެއް ސަބަބެއް ކަމުގައި އަޅުގަނޑު ދެކެނީ މިވަގުތު ލާމުގައި ތިބި ހުރިހާ މޮޅެތި ކުޅުންތެރިން މި މުބާރާތުން ފެނިގެން ދިއުމެވެ. މުޅި މުބާރާތައް ބަލާއިރު މި މުބާރާތުގައި ކުޅޭ 99 އިން ސައްތަ ކުޅޫންތެރިންނަކީ ލާމު އަތޮޅަށް ނިސްބަތްވާ ކުޅޫންތެރިންނެވެ. އެހެން ކަމުން މި މުބާރާތުގައި ލާމު އަތޮޅުގެ ފުޓްސަލް ކުޅުންތެރިންގެ ހުނަރު ވަރަށް ރަނގަޅަށް މި މުބާރާތުގައި ފެނިގެން ދާނެ ކަމަށް ބެލެވެއެވެ.

މިހާރު މުޅި ލާމުގައި ވެސް ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިން މި މުބާރާތުން ފެނިގެން ދާއިރު، އޭގެ ތެރޭގައި ރާއްޖޭގެ ނިސްބަތުން ވެސް ފާހަގަ ކޮށްލެވޭ ތަރިންތަކެއް އެބަތިއްބެވެ. އޭގެ ތެރޭގައި އަޙުމަދު ޙަލީމް (އަންމަޑޭ)، އަޙުމަދު ޞަބާޙު (ސޮބައްޓޭ)، އަބްދުﷲ ނާފިޒް (އަބުޅޯ)، މަޙުރީން މުޙައްމަދު( މައްކި)، އަޙުމަދު އަޖުވަދު (އަޖޭ)، ނާޝިދު (ނާއްޓޯ)، އަޙުމަދު ހުޝާމް (ގުންޒާލޯ) ފަދަ ކުޅުންތެރިން މި ފަހަރުގެ މި މުބާރާތުން ފެނިގެން ދާނެއެވެ.

މީގެ އިތުރުން ހުޒައިފްތު ރަޝީދު (ހުޒޭ)، އިބްރާހީމް ސިނާހް (ސިނާ)، އިސްމާއީލް މުނީޒް( ޓްރީ) ގެ އިތުރުން ރާއްޖޭގެ ފުޓްސަލްގައި ރަސްކަން ކުރަމުން އަންނަ ފުޓްސަލް ކިންގް އަލީ ހާފިޔް (އައްޔަ) އަދި އިބްރާހީމް އަސްވަދު (ގަބޭ) ވެސް މި މުބާރާތުގައި ފެނިގެން ދާނެއެވެ.

އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެނެޖަކީ ލާމު އަތޮޅަށް ނިސްބައްވާ ގިނަ ކުޅޫންތެރިންނަށް އެ ކުޅޫންތެރިންގެ ފެންވަރު ވަޒަން ކޮށްލަން ލިބޭ ރަނގަޅު ފުރުސަތެކެވެ. މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފާ އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމަކީ ހަމަ ކޮންމެ ކުޅުންތެރިއެއް ގެ ވެސް އެންމެ ބޮޑު އުންމީދު ކަމުގައި ވެގެން ދާނެއެވެ.

އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެނެޖް 2020ގެ މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ މާވަށު ކައުންސިލް، ރިލެކްސް ޒޯން، ރިލެކްސް މާޓް، މާވަށު ޒުވާނުންގެ ގުޅުން، ވިލަރެސް ގެސްޓު ހައުސް، ޓޮޕް ސްޕޮޓް އަދި ލެޒިސް ރެސްޓޯރަންޓްއެވެ.

މި އަހަރުގެ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަަޖެހިފައެވެ. އަދި މުބާރާތުގެ ރަނަރަޕް ޓީމަށް 5000ރ. ގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް