“އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެންޖް 2020” ގެ ގުރު ނަގައިފި

އެސޯސިއޭޝަން ފޯރ މަތިމަރަދޫ އިމްޕްރޫވްޑް ޖެނެރޭޝަން އޮފް ސްޕޯޓްސް ( އަމިގޯސް) އިން އިންތިޒާމް ކޮށްގެން މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ބާއްވާ “އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެންޖް 2020”ގެ ގު...

12 Dec 2020 | 13:43

އެސޯސިއޭޝަން ފޯރ މަތިމަރަދޫ އިމްޕްރޫވްޑް ޖެނެރޭޝަން އޮފް ސްޕޯޓްސް ( އަމިގޯސް) އިން އިންތިޒާމް ކޮށްގެން މުޅި ލާމު އަތޮޅަށް ހުޅުވާލައިގެން ބާއްވާ “އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެންޖް 2020”ގެ ގުރު ނަގައިފިއެވެ.

އަމިގޯސްއިން އިއްޔެ ކުރިޔަށްގެންދިޔަ ގުރު ނެގުމުގައި ވަނީ މުބާރާތުގަި ބައިވެރިވި ދިހަ ޓީމް ދެ ގްރޫޕަކަށް ބަހާލާފައެވެ. މި މުބާރާތުގައި ބައިވެރިވެފައިވަނީ ދިހަ ޓީމެވެ. އެޓީމު ތަކަކީ ޓީކޭ ސްޕޯޓްސް ކްލަބް، ގޯޅި ޖޫނިއާރ، ޑީޑީއެފް ނިއު ޖެނެރޭޝަން، ޑީޑީއެފް ދި ޖެނެރޭޝަން، ލާމު ބްލޫސް، ފޯކަސް، ކާލާ މަންނަ، އެފްސީ ޗެމްޕިއަން، އެމްވައި އަދި އަކިރިކޮޅު އެފްސީއެވެ.

ލ. މާވަށު ޓާފް ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ދިހަހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ ފަސްހާސް ރުފިޔާއެވެ.

“އަމިގޯސް މާވަށް ކައުންސިލް ފުޓްސަލް ޗެލެންޖް 2020” ގެ ނަމުގައި ބާއްވާ ފޯރިގަދަ މި ފުޓްސަލް މުބާރާތުގައި ޖުމުލަ 10 ޓީމު ވާދަކުރާއިރު، މި މުބާރާތުގައި ލާމު އަތޮޅުގެ އިތުރުން ރާއްޖޭގެ ބައެއް މަޝްޙޫރު ކުޅުންތެރިން ފެނިގެންދާނެއެވެ. އޭގެ ތެރޭގައި އަޙުމަދު ޙަލީމް (އަންމަޑޭ)، އަޙުމަދު ޞަބާޙު (ސޮބައްޓޭ)، އަބްދުﷲ ނާފިޒް (އަބުޅޯ)، މަޙުރީން މުޙައްމަދު( މައްކި)، އަޙުމަދު އަޖުވަދު (އަޖޭ)، ނާޝިދު (ނާއްޓޯ)، އަޙުމަދު ހުޝާމް (ގުންޒާލޯ) އަދި އަލީ ހާފިޒް (އައްޔަ) ހިމެނެއެވެ.

މިމަހުގެ15 ވަނަ ދުވަހު ފަށާ މި މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ ޓީކޭ ސްޕޯޓްސް ކުލަބާއި ފޯކަސް އެވެ. އެދުވަހު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ ޗެމްޕިއަންސް އާއި ކާލާ މަންނައެވެ. އަދި ފަހު މެޗުގައި ބައްދަލުކުރާނީ އެމްވައި އަދި އަކިރިކޮޅު އެފްސީއެވެ.

މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ދުވަސް އެމްވީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް