ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު ނިންމައިފި

ކުޅުދުއްފުށީ ސިޓީގެ ބަންދަރު ބޮޑު ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމައިފި އެވެ. މި މަޝްރުއު ކުރިޔަށް ގެންގޮސްފައިވަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް އެއްކޮށް ނި...

12 Dec 2020 | 13:32

ކުޅުދުއްފުށީ ސިޓީގެ ބަންދަރު ބޮޑު ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމައިފި އެވެ.

މި މަޝްރުއު ކުރިޔަށް ގެންގޮސްފައިވަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން އެ ކުންފުނިން ވަނީ ކުޅުދުއްފުށީގައި ކުރިން އޮތް ބަނދަރު ފުޅާކޮށް ބޮޑު ކޮށްފައި އެވެ.

މި މަޝްރޫއުގެ ދަށުން އެ ކުންފުނިން ވަނީ ކުޅުދުއްފުށި ބަނދަރުގެ 236،844 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކޮށްފައި އެވެ. އަދި 24،450 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 1000 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް ކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މީގެ އިތުރުން އެއްގަމުތޮށި ހިމެނޭ ސަރަޙައްދުގެ ބިންގަނޑު އެއްވަރު ކުރުމާއި، އެ ސަރަޙައްދުގައި ގާ އެތުރުމާއި، ކާނުގެ މަތިގަނޑު އެޅުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކޮށްފައިވެ އެވެ.

މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 129،529 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް