ސަރުކާރުން ފިތްކަނޑައިގެންދާ ވަރުގެ ކަންކަން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ވަނީ ރާވާފަ: ޝިޔާމް

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ވަނީ ގިނަ ހަރަކާތްތަކެއް ރާވާފައި ކަމަށް ޕީއެންސީގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ޝިޔާމް ވިދާޅުވީ ސަރުކާރުން "ފ...

12 Dec 2020 | 09:20

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ވަނީ ގިނަ ހަރަކާތްތަކެއް ރާވާފައި ކަމަށް ޕީއެންސީގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުން "ފިތްކަނޑައިގެންދާ" ވަރުގެ ކަންތައްތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި އިދިކޮޅުން ކުރާނެ ކަމަށެވެ.

ނަމަވެސް މިހައިތަނަށް އައިއިރުވެސް ޕްރޮގްރެސިވް ކޯލިޝަނަށް، ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތް ބޭނުންވާ ވަރަށް ނުކުރެވޭ ކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

"ސިޔާސީ އިދިކޮޅު ޕާޓީއަކަށް ނުވަތަ ވާދަވެރި ޕާޓީއަކަށް އަޅުގަނޑުމެން ބޭނުންވާ ވަރަކަށް ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތެއް ނުކުރެވޭ. އެކަން އަޅުގަނޑުމެން ގަބޫލު ކުރަން." ނައިފަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ރައްޔިތުންގެ ލާބައަށް އެއްވެސް މަސައްކަތެއް ނުކޮށްދޭނެ ކަމަށެވެ. އަދި ސަރުކާރުން އަންނަނީ ކޮވިޑާއި ގުޅިގެންވެސް ބޮޑެތި ވައްކަންތައްކޮށް ރައްޔިތުން ނިކަމެތި ކުރަމުން ކަމަށެވެ.

އިދިކޮޅުގެ އަޑު ރައްޔިތުންގެ މަޖިލީހުގައި އިއްވުމުގެ ފުރުސަތު ލިބޭ ކަމަށާއި ނަމަވެސް އިދިކޮޅުން ހުށަހަޅާ ކަންކަން އެމްޑީޕީގެ ސުޕަރ މެޖޯރިޓީއެއް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުންވެސް އަދި އެހެން އިދާރާތަކުންވެސް ނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް