އާތިފް ޝަކޫރުގެ މައްޗަށް ކުރާ ދަޢުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި

މ. އާސްތާނާ، އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް ކުރާ ދައުވާގެ އަޑު އެހުމެއް ކުރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލް ކޮށްފިއެވެ. މަނީ ލޯންޑަރިން އާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ...

12 Dec 2020 | 08:44

މ. އާސްތާނާ، އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް ކުރާ ދައުވާގެ އަޑު އެހުމެއް ކުރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލް ކޮށްފިއެވެ.

މަނީ ލޯންޑަރިން އާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ޚިލާފުވުމުކުށުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ އާތިފް ޝަކޫރުގެ މައްޗަށް ކުރާ މި ދަޢުވާގެ މައްސަލަ ކުރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި އޮތީ މާދަމާ 2:00 އަށެވެ.

މި މައްސަލައިގެ އަޑު އެހުމެއް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބާއްވާފައިވާ އިރު، ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހާއެކު އިއުތިރާފު އެއްބަސްވުމަކަށް އައުމަށް އާތިފް ޝަކޫރު ހުށަހަޅުއްވާފައިވާ ކަމަށް ޕީޖީ އޮފީހުން އޭރު ވަނީ ބުނެފައެވެ.

އެހެންނަމަވެސް އެފަދަ އެއްބަސްވުމެއް ހަދާފައިވާކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

އާތިފް ޝަކޫރުގެ މައްޗަށް މި ދަޢުވާ އުފުލީ، އެފްއައިޔޫގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި އިރު، އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅޭ މަނީ ލޯންޑަރިން އަށް ޝައްކު ކުރެވޭ މުއާމަލާތެއް، ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ނުގެނައި މައްސަލައިގައެވެ.

އާތިފް ޝަކޫރު އެފްއައިޔޫގެ އިސްވެރިޔާގެ މަގާމު އަދާ ކުރައްވާފައިވަނީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި 4 ނޮވެމްބަރު 2014 އިން ފެށިގެން 21 ޖޫން 2015ގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް