ސައުދީގައި ޖުލައި މަހުން ފެށިގެން ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވް ވާ ޢަދަދު ހުންނަނީ 200 އިން ދަށުގައި ކަމަށް ރިޕޯޓުތައް ބުނެފި.
އެގައުމުގެ ހެލްތު މިނިސްޓްރީ އާ ޙަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް ޖެހިގެން 11 މީހުން ވަނީ މަރުވެފަ އެވެ. އަދި 248 މީހުން ވަނީ އެބަލިން ރަނގަޅުވެފަ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ސީރިއަސް ހާލަތުގައި ފަރުވާދޭން ޖެހޭ މީހުންގެ ޢަދަދުވެސް މިހާރުއަންނަނީ މަދުވަމުން ނެވެ. އެގޮތުން މީގެކުރިން ދުވާލަކު ތިންހާހާ ގާތްކުރާ ޢަދަދަކަށް މިފަދަ ބަލިމީހުންނަށް ފަރުވާދޭން ޖެހުނަސް، މިހާރު އެ ޢަދަދު އުޅެނީ ފަސް ސަތޭކައަށްވުރެ ދަށުގަ އެވެ.
ސައުދީގައި ކޮވިޑް ބަލި ފެތުރޭ މިންވަރު ދަށްވަމުންދާތީ، އެ ގައުމުގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ވެސް މިހާރުވަނީ އިތުރު ހަރަކާތްތަކެއް ހިންގަން ފަށާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް