ދޯންޏެއްގައި ހުރި ޕެޓްރޯލް ހަމެއްގައި އަލިފާން ރޯވެ ތިން މީހުން ފިހިއްޖެ

"ޖިހާދު 1" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ޕެޓްރޯލް ހަމެއްގައި އަލިފާން ރޯވެ ބަޔަކު ފިހިއްޖެ އެވެ. އެމްއެންޑީއެފް ކޯސްޓްގާޑަށް މި ހާދިސާގެ ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 9:00 ގައި އެވެ. އޭރު ދޯނި ދ...

12 Dec 2020 | 06:41

"ޖިހާދު 1" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ޕެޓްރޯލް ހަމެއްގައި އަލިފާން ރޯވެ ބަޔަކު ފިހިއްޖެ އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑަށް މި ހާދިސާގެ ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 9:00 ގައި އެވެ. އޭރު ދޯނި ދަތުރު ކުރަމުން ދިޔައީ މ. ކޮޅުފުއްޓާއި 26 މޭލު ދުރުން ނެވެ.

ޕެޓްރޯލް ހަމުގައި ރޯވި އަލިފާން ގަނޑު ނިވާލީ ދޯނީގެ ފަޅުވެރިންނެވެ. އެ ދޯންޏަށް އެ ސަރަހައްދުން ދަތުރު ކުރި "ވިލާ ވާލި13" ނަމަކަށް ކިޔާ ދޯންޏަކުން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި ދޯނީގެ ތިން ފަޅުވެރިއަކު ފިހިފައިވާ ކަމަށެވެ. އަދި އެމީހުން މިހާރު އެ އަތޮޅު މުލީ އަތޮޅު ހޮސްޕިޓަލަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ގެންގޮސްދީފައިވާ ކަމަށެވެ.

އެމީހުންނަށް ލިބުނު ޒަހަމް ތަކުގެ ތަފްސީލް އަދި ނުލިބެ އެވެ.

ކަނޑުމަތީގައި އަލިފާނުގެ ހާދިސާއެއް އަނެއްކާވެސް ހިނގާފައިވާއިރު މިދިޔަ މަހުގެ 23 ވަނަ ދުވަހު ރޭ ވަނީ މަސްވެރިކަން ކުރާ ދޯންޏެއްގައި ގޭސްފުޅިން ގޭސް ލީކުވެފައި ވަނިކޮށް އުނދުން ރޯކުރުމުން އަލިފާނުގެ ހާދިސާއެއް ހިނގައި ހަތަރު މީހުން ފިހިފައި އެވެ. އެ ހާދިސާގައި ފިހުނު މީހުންގެ ތެރެއިން މި މަހުގެ ތެރޭގައި ދެ މީހަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް