ބޯޑަރު ހުޅުވިފަހުން އައި އެއްލައްކަ ވަނަ ޓޫރިސްޓަކަށް ސްވިޒަލެންޑު އަންހެނެއް!

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވި ފަހުން ރާއްޖެއަށް 100،000 ޓޫރިސްޓުން މިއަދު ޒިޔާރަތް ކޮށްފި އެވެ. ރާއްޖެ މިއަދު އައި އެއްލައްކަ ވަނަ ޓޫރިސްޓު ފާހަގަ ކުރުމުގެ...

12 Dec 2020 | 06:14

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވި ފަހުން ރާއްޖެއަށް 100،000 ޓޫރިސްޓުން މިއަދު ޒިޔާރަތް ކޮށްފި އެވެ.

ރާއްޖެ މިއަދު އައި އެއްލައްކަ ވަނަ ޓޫރިސްޓު ފާހަގަ ކުރުމުގެ ގޮތުން ވަނީ ހަފްލާއެއް ބާއްވާފައި އެވެ.

އެ މަގާމު ލިބިފައިވަނީ ސުވިޒްލެންޑުގެ އަންހެނެއް ކަމަށްވާ ޖޭސްމިން ބްރުކީ އަށެވެ. އެމިރޭޓްސްއިން ރާއްޖެ އައި ޖޭސްމިންއަށް އެމްއެމްޕީއާރުސީން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި އެވެ.

ބޯޑަރު ހުޅުވި ފަހުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިދިޔަ މަހުން ފެށިގެން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އެއް ލައްކަ ޓޫޜިސްޓުން ރާއްޖެ އަންނަން ހަ މަސް ނަގާފައިވެ އެވެ. އެކަމަކު މިހާރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދަށް ބަލައި ޓޫރިޒަމް މިނިސްޓްރީން ލަފާ ކުރާ ގޮތުގައި މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން ރާއްޖެއަށް ފަސް ލައްކަ ޓޫރިސްޓުން ޒިޔާރަތް ކުރާނެ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދަކީ ބައި މިލިއަނެވެ. މިދިއަ އަހަރު ރާއްޖެއަށް 1.5 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރި އިރު  މިއަހަރު މިހާ ބޮޑަށް ޓޫރިސްޓުންގެ އަދަދު ދަށްވީ ކޯވިޑް-19 އާއި ގުޅިގެން ހަތަރު މަހެއްހާ ދުވަހު ބޯޑަރު ބަންދުކޮށްފައި އޮތުމުންނެވެ.

މި ވަގުތު ރާއްޖެއަށް 20 އެއާލައިނަކުން ދަަތުރުކުރެ އެވެ. އެންމެ ގިނަ ފްލައިޓްތައް ބާއްވަނީ އެމިރޭޓްސް އާއި ގަތަރު އެއާވޭސް އިންނެވެ.

ޖުލައި 15 އިން މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާއިންނެވެ. ދެވަނައަށް އިންޑިއާ އަދި ތިން ވަނައަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް