ފަހަކަށް އައިސް ކޮވިޑާއި ގުޅިގެން ހޭންޑް ސެނިޓައިޒާ ބޭނުން ކުރުން އިންތިހާއަށް ވަނީ އިތުރުވެފައެވެ. ދުވާލާއި ރޭގަނޑު މެދު ކެނޑުމެއް ނެތި ހޭންޑް ސެނިޓައިޒާ ބޭނުންކުރާ މީހުން ބައިވަރެވެ. ކުޑައެއް ބޮޑެއް، މުސްކުޅިއެއް ޒުވާނެއް ބެލުމެއް ނެތިއެވެ. ޖަރާސީމު ނައްތާލަން އެންމެ ރަނގަޅު އުފެއްދުމެއް ކަމަށް ގަބޫލުކުރެވިގެންނެވެ. މައުލޫމާތު ލިބިފައި ހުރި ގޮތުގައިވެސް ބެކްޓީރިއާ އަދި ޖަރާސީމް ނައްތާލަން އެންމެ ރަނގަޅީ ހޭންޑް ސެނިޓައިޒާ އެވެ.
އެކަމަކު ހޭންޑް ސެނިޓައިޒާ ބޭނުންކޮށްގެން އަތް ދޮންނަ އިރު ވިސްނާލަން ޖެހޭ ކަމެއް އެބައޮތެވެ. އެއީ އެއިން ލިބޭ ފައިދާ އަށް ވުރެ ގެއްލުން ބޮޑު ކަމެވެ. ހޭންޑް ސެނިޓައިޒާއިން މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޖަރާސީމާއި ބެކްޓީރިއާ ނައްތާލާއިރު ހަށިގަނޑަށް ބޭނުންވާ ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ ބެކްޓީރިއާތައްވެސް ނައްތާލަ އެވެ.
އަހަރެމެންގެ ހަށިގަނޑަށް ބޭނުންވާ ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ ބެކްޓީރިއާވެސް ހަށިގަނޑުގައި އުފެދެ އެވެ. އެ ބެކްޓީރިއާ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ އެއްޗެހިތަކެކެވެ. އަބަދު ސެނިޓައިޒާ ބޭނުންކޮށްގެން އަތް ދޮންނަނަމަ ހަށިގަނޑަށް ބޭނުންވާ ބެކްޓީރިއާތައްވެސް ނައްތާލެވި މީހާގެ ދިފާއީ ނިޒާމް ބަލިކަށިވެ އެވެ. އަދި އަވަސް އަވަހަށް ބަލިވުމުގެ ފުރުސަތު ބޮޑުކަމަށް ސިއްޚީ މާހިރުން ވިދާޅުވެއެވެ.
ސިއްޚީ މާހިރުން ކުރި ދިރާސާއަކުން ބުނާގޮތުގައި ސެނިޓައިޒާގެ ސަބަބުން ހަމައެކަނި ބެކްޓީރިއާތައް މަދުވެ ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިވުމުގެ އިތުރުން ހަށިގަނޑުގައި ބައިސޯފީނަލް އޭ އުފެދޭ މިންވަރު އިތުރުކޮށްލަ އެވެ. ބައިސޯ ފީނަލް އޭ އަކީ ހޯމޯންސް އުފައްދައިދޭ ނިޒާމް ބަލިކަށިކޮށްދޭ ކެމިކަލް އެކެވެ. މިހެންވުމުގެ ސަބަބުން ހޯމޯން އުފެދުން މަދުވެ ހަށީގަނޑުގައި ހުންނަ ޓިޝޫތަކާއި ގުނަވަންތަކުގެ މަސައްކަތްތަކަށް ހުރަސްތައް ކުރިމަތިކުރުވަ އެވެ.
އެހެން ކަމުން ހޭންޑް ސެނިޓައިޒާ ބޭނުންނުކޮށް ފަސޭހަ ކަމާއެކީ ހަށިގަނޑަށް ބޭނުންނުވާ ޖަރާސީމުތައް ނައްތާލާ އުފެއްދުމެއް ބޭނުންކުރުން މުހިންމެވެ. އެގޮތުން ނޮން-ޓޮކްސިކް ހޭންޑް ސެނިޓައިޒާ އެއް ބޭނުން ކޮށްލުން ރަނގަޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް