ނައިބު ރައީސް ފައިސަލް ނަސީމް، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނު މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނަވާނީ އައްޑޫ ސިޓީއަށެވެ.
މި ދަތުރުފުޅުގައި ހިތަދޫގައި ހުންނަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ މެނޭޖްމަންޓާ ނައިބު ރައީސް ފައިސަލް ބައްދަލު ކުރައްވާނެ އެވެ. އޭގެ ފަހުގައި ހުޅުދޫއަށް ވަޑައިގެން އެރަށުގައި އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއި އެކު ގާއިމުކުރާ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ އިމާރާތުގެ ބިންގާ އަޅުއްވައި ދޭނެ އެވެ.
ފުވައްމުލަކު ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހުޅުދޫއަށް ކުރައްވާ ޒިޔާރަތަށް ފަހު އެވެ.
އެމަނިކުފާނު ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގައި އެ ސިޓީގައ ވެމްކޯ ވޭސްޓް ކަލެކްޝަން ސެންޓަރާއި، އެރަށުގެ މަގު ހެދުމުގެ ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބައްލަވައިލެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ފުވައްމުލަކު އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ، އެތަނުގެ މެނޭޖްމަންޓާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ނައިބު ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިރޭ މެންދަމުގެ ވަގުތެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް