މަޝްހޫރު ކޯރިއޮގްރާފަރު-ޑައިރެކްޓަރު ރެމޯއަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދެނީ

މަޝްހޫރު ކޯރިއޮގްރާފަރު-ޑައިރެކްޓަރު ރެމޯ ޑިސޫޒާއަށް ހާޓްއެޓޭކެއް ޖެހިގެން އައިސީޔޫގައި ފަރުވާ ދޭން ފަށައި އެވެ. އޭނާއަށް ފަރުވާ ދެމުން ދަނީ އިންޑިއާގެ މުމްބާއީގެ ކޮކިލަބަން ހޮސްޕިޓަލްގެ އައިސީޔޫގައި ...

12 Dec 2020 | 04:01

މަޝްހޫރު ކޯރިއޮގްރާފަރު-ޑައިރެކްޓަރު ރެމޯ ޑިސޫޒާއަށް ހާޓްއެޓޭކެއް ޖެހިގެން އައިސީޔޫގައި ފަރުވާ ދޭން ފަށައި އެވެ.

އޭނާއަށް ފަރުވާ ދެމުން ދަނީ އިންޑިއާގެ މުމްބާއީގެ ކޮކިލަބަން ހޮސްޕިޓަލްގެ އައިސީޔޫގައި އެވެ.

ރެމޯގެ ގާތް ބަޔަކާއި ހަވަލާދީ މީޑިއާގައި ބުނެފައިވަނީ އޭނާއަށް ހާޓްއެޓޭކް ޖެހުނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ. އަދި އައިސީޔޫގައި ފަރުވާ ދޭން ފެށިފަހުން ހާލު އާދައިގެ ވަރަކަށް ރަނގަޅުވެފައިވާ ކަމަށް ބުނެ އެވެ.

ރެމޯއަށް ކުއްލިއަކަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދެމުން ދާއިރު އޭނާ ވަނީ އެންމެ ފަހުގެ ނެށުންތައް ރަސްމީ އިންސްޓްގްރާމް ޕޭޖުގައި އާންމުންނަށް މިދިޔަ ދެ ތިން ދުވަހު ދައްކާލާފައި އެވެ.

ރެމޯ އަކީ ބޮލީވުޑްގައި ނެށުމުގެ ދާއިރާގައި އެންމެ މަޝްހޫރު އެކަކެވެ. އޭނާ ފަނޑިޔާރުކަން ކުރާ އިންޑިއާގެ މަޝްހޫރު ނެށުމުގެ މުބާރާތްތަކުގެ ތެރޭގައި "ޑާންސް އިންޑިއާ ޑާންސް" "ޑާންސް ޕްލަސް" "ޖަލަކް ދިކްލާ ޖާ" ފަދަ މުބާރާތްތައް ހިމެނެ އެވެ.

ރެމޯ އެންމެ ފުރަތަމަ ޑައިރެކްޓު ކޮށްފައިވަނީ 2011 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ފަޓްލޫ" އެވެ. އޭގެ ފަހުން އޭނާ ޑައިރެކްޓު ކުރި މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ރޭސް 3" ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް