އަޖޭ ޑައިރެކްޓުކޮށް، ޕްރޮޑިއުސްކޮށް އެކްޓު ކުރާ ފިލްމް "މޭޑޭ" ގެ ޝޫޓިން ފަށައިފި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ ފިލްމު "މޭޑޭ" ގެ ޝޫޓީން ފަށައިފި އެވެ. މި ފިލްމުގެ މަސައްކަތް ފަށާފައިވަނީ އިންޑިއާގެ ހައިދަރްއާބާދުގައި އެވެ. މިފިލްމަކީ ބެލުންތެރިންނަށް ހައިރާން ކަން ގެ...

12 Dec 2020 | 03:41

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ ފިލްމު "މޭޑޭ" ގެ ޝޫޓީން ފަށައިފި އެވެ.

މި ފިލްމުގެ މަސައްކަތް ފަށާފައިވަނީ އިންޑިއާގެ ހައިދަރްއާބާދުގައި އެވެ. މިފިލްމަކީ ބެލުންތެރިންނަށް ހައިރާން ކަން ގެނެސްދޭނެ މޮޅު ފިލްމަކަށް ވާނެ ކަމަށް އަޖޭ ބުނެފައިވެ އެވެ.

އެ ފިލްމުގެ މަސައްކަތްތައް ރަސްމީކޮށް ފެށީ އިއްޔެ އެވެ. ފިލްމުގެ މަސައްކަތް ފެށިކަން އިއުލާނުކޮށް އަޖޭ ރަސްމީ ޓުވިޓާ އެކައުންޓުގައި ބުނެފައިވަނީ ހުރިހާ އެންމެންގެ ފަރާތުން ލޯތްބާއި ސަޕޯޓު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މި ފިލްމުގައި އަޖޭ އާއި އެކު ފެނިގެންދާ ތަރިންގެ ތެރޭގައި އަމީތާބް ބައްޗަން، ރަކުލް ޕްރީތް ސިންގް އާއި އަންގިރާ ދާރް ހިމެނެ އެވެ.

ފިލްމުގައި އެކްޓު ކުރުމުގެ އިތުރުން ފިލްމް "މޭޑޭ" ގެ ޑައިރެކްޓަ އަދި ޕްރޮޑިއުސަރަކީވެސް އަޖޭ އެވެ. އަޖޭގެ ދަށުން ޕްރޮޑިއުސަރުންގެ ގޮތުގައި އެހީވާން ހަ މީހުން ތިބެ އެވެ.

ފިލްމު "މޭޑޭ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރިލް 29 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް