ކުރި ސަސްޕެންޝަނަށް ބެލުމެއްނެތި އައިހަމް އުތީމަށް އެ ނަގާދިނީ ތަށި

ތިލައުތުރު ފުޓްސަލް ޓޯނަމަންޓުގެ ތަށި އުތީމުން ކާމިޔާބުކޮށްފިއެވެ. އުތީމުން ތަށި ކާމިޔާބު ކޮށްފައި މިވަނީ އުތީމަަށް ނިސްބަތްވާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މިޑްފީލްޑަރު، އަހުމަދު އައިހަމް (ފަތޯ) ގަ...

12 Nov 2025 | 17:49
އައިހަމް - ފޮޓޯ: ސިޑިބަރު

އައިހަމް - ފޮޓޯ: ސިޑިބަރު

ތިލައުތުރު ފުޓްސަލް ޓޯނަމަންޓުގެ ތަށި އުތީމުން ކާމިޔާބުކޮށްފިއެވެ.

އުތީމުން ތަށި ކާމިޔާބު ކޮށްފައި މިވަނީ އުތީމަަށް ނިސްބަތްވާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މިޑްފީލްޑަރު، އަހުމަދު އައިހަމް (ފަތޯ) ގައުމީ ޓީމުން ބޭރުކޮށްލާފައި ވަނިކޮށެވެ.

އައިހަމް ގައުމީ ޓީމުން ބޭރުކޮށްލީ ކަޕް ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމުން ކުޅެން އޮތް މެޗަށް ޕްރެކްޓިސް ފެށިއިރު، އެ ސެޝަނުގައި ބައިވެރިނުވެ، ފުޓްސަލް މުބާރާތެއް ކުޅެން ދިޔުމުންނެވެ.

އައިހަމް ގައުމީ ޓީމުން ބޭރުކޮށްލުމުން އައިހަމްގެ ސަޕޯޓަރުން އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވެސް ވަނީ އެ ނިންމުމަށް ފާޑު ކިޔައި، ނިންމުން އަނބުރާ ގެންދިޔުމަށް އެފްއޭއެމްއަށް ގޮވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް