ކޯވިޑް-19 އަށް އިތުރު 26 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު މާލެއިން ޕޮސިޓިވްވީ 25 މީހުންނެވެ. އަދި އަތޮޅު ތެރެއިން ޕޮސިޓިވްވެފައިވަނީ އެންމެ މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި 10 ބިދޭސީންނެވެ.
މިއަދު ކޯވިޑް-19 އަށް ޓެސްޓުކޮށްފައިވަނީ 1،444 ސާމްޕަލެވެ.
މިހާރު ކޯވިޑަށް ފަރުވާ ދެމުން ދަނީ 812 މީހުންނަށެވެ. އޭގެ ތެރެއިން 52 މީހުންނަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 45 މީހަކަށް ފަރުވާ ދެމުންދާއިރު ލ. ގަން ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި ހަތް މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ޕޮސިޓިވް 234 މީހުން އެބަތިއްބެވެ.
އަތޮޅު ތެރޭގެ 10 ރަށެއްގައި 14 ޕޮސިޓިވް މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 11 ބިދޭސީންނާއި ތިން ދިވެހިންނެވެ.
ރިސޯޓުތަކުގެ ތެރެއިން 25 ރިސޯޓުގައި ކޯވިޑަށް ޕޮސިޓިވް މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 133 މުވައްޒަފުންނާއި 54 ޓޫރިސްޓުންނެވެ.
މިހާތަނަށް ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ތެރެއިން 11،225 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ.
ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު މިއަދު ވަނީ 12،085 އަށް އަރާފައި އެވެ. އޭގެ ތެރެއިން 41 މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް